އިންތިޚާބާގުޅިގެން މުޒާހަރާ ކުރަނީ-
ދުނިޔެ
30 Jul 2026 | 09:20
ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ އިންތިޚާބާ ދިމާކޮށް ބޮޑު ހަމަނުޖެހުމެއް؛ ކުރިމަތިލުންތަކުގައި ގިނަ ބަޔަކު މަރުވެއްޖެ

ޕާކިސްތާނުން ކޮންޓްރޯލްކުރާ ކަޝްމީރުގެ ސަރަހައްދީ އިންތިޚާބާ ދިމާކޮށް ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމާއަތަކުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު މީރުޕޫރު، ކޮޓްލީ އަދި ބިމްބަރް ޑިސްޓްރިކްޓްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި 13 ގޮނޑީގެ ތެރެއިން 9 ގޮނޑި ކާމިޔާބުކުރީ ޕާކިސްތާނުގެ ވެރިކަން ކުރާ މައި ޕާޓީ، ޕީ.އެމް.އެލް-އެން އިންނެވެ. ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި އިންތިޚާބުގެ ދެވަނަ ބުރު އޮގަސްޓް 2 ގައި އަދި ތިންވަނަ ބުރު އޮގަސްޓް 10 ގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ކަޝްމީރުގެ މައި އިދިކޮޅު ހަރަކާތް ކަމަށްވާ "ޖޮއިންޓް އަވާމީ އެކްޝަން ކޮމިޓީ" (ޖޭ.އޭ.އޭ.ސީ) އިން ބުނާ ގޮތުގައި، ރާވަލަކޮޓް ސަރަހައްދުގައި ސަލާމަތީ ބާރުތަކާއެކު ހިނގި ކުރިމަތިލުންތަކުގައި 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް، އެ ސަރަހައްދުގެ ބޭންކިންގް، މަގުތަކާއި އިންޓަނެޓްގެ ޚިދުމަތް މެދުކަނޑާލާފައިވުމުގެ ސަބަބުން މި އަދަދު މިނިވަން މުއައްސަސާތަކުން ކަށަވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ.

ސަރުކާރުގެ ރަސްމީ އިދާރާތަކުން ބުނެފައިވަނީ ކުރިމަތިލުންތަކުގައި ސަލާމަތީ ބާރުގެ އެކަކު މަރުވެ، ފަސް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މީރުޕޫރުގައި ހިނގި ހަމަނުޖެހުންތަކުގައި އިތުރު ތިން މީހަކު މަރުވިކަން ބައެއް އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ. ޕާކިސްތާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި މުޒާހަރާތަކުގެ ތެރެއަށް އިންޑިއާގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރިން ވަނީ ވަދެފައެވެ. ނަމަވެސް އިންޑިއާއިން މިފަދަ ތުހުމަތުތައް މީގެ ކުރިންވެސް ވަނީ ދޮގުކޮށްފައެވެ.

މި އިންތިޚާބާ ގުޅޭގޮތުން އާންމުންގެ ބޮޑެތި ޝަކުވާތަކެއް ހުރިއިރު، ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕީ.ޓީ.އައި ޕާޓީން ވަނީ އިންތިޚާބުގައި މަކަރު ހަދާކަމަށް ބުނެ އިންތިޚާބު ބޮއިކޮޓްކޮށްފައެވެ. ސަރަހައްދީ ވެރިރަށް މުޒައްފަރްއާބާދުގެ ރައްޔިތެއް ކަމަށްވާ ފަޒަލް މަހްމޫދު ބައިގް ބުނި ގޮތުގައި މުޅި އިންތިޚާބަކީ ބޮޑު އޮޅުވާލުމެކެވެ.

ކަޝްމީރުގެ މި ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް އެތައް އަހަރެއް ވެފައިވާއިރު، ފަހަކަށް އައިސް މިކަން ވަނީ އިތުރަށް ގޯސްވެފައެވެ. ޚާއްޞަކޮށް ކަރަންޓުގެ އަގުބޮޑުވުމާއި، އިގްތިސާދީ ދަތިކަމާއި، އިންތިޚާބީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅިގެން ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޕޮލިޓިކަލް އެނަލިސްޓް ހަސަން އަސްކަރީ ވިދާޅުވި ގޮތުގައި، އިންތިޚާބުގެ ނަތީޖާއަށްފަހު ސަރުކާރެއް އެކުލަވާލުމުގައި ޕީ.އެމް.އެލް-އެން އަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަދި އިންތިޚާބުގައި ވާދަކުރި ޕާޓީތަކުންވެސް އެެއްބަޔަކު އަނެއް ބަޔަކަށް ވޯޓު ފޮށި ވަގަށް ނެގުމާއި ރިގިންގްގެ ތުހުމަތުތައް ކުރަމުންދާތީ، މި މައްސަލައަށް އަވަސް ހައްލެއް ފެންނަން ނެތް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.
23 Aug 2026
ކުދި ޖަޒީރާ ޤައުމުތައް އީޖާދީ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސް ގޮވާލައްވައިފި
ސުމޭކު ގުޅުންތައް މިހާރު ހަމައެކަނި މުވާސަލާތުގެ ވަސީލަތެއް ނޫން ކަމަށާއި ވިޔަފާރިއާއި މާލީ ޚިދުމަތާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާޢަތަށް ބާރުދޭ އިޤުތިޞާދީ ބިނާރަކަށް އެ ގުޅުންތައް ވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ