ޓެލެގްރާމްގެ ބާނީ ޕާވެލް ޑުރޯވް
ދުނިޔެ
30 Jul 2026 | 09:41
ޓެލެގްރާމްގެ ބާނީ ޕާވެލް ޑުރޯވްގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ދައުވާ ރަޝިޔާއިން އުފުލައިފި

ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ) އިން ޓެލެގްރާމް މެސެޖިން އެޕްގެ ކޯ-ފައުންޑަރު ޕާވެލް ޑުރޯވްގެ މައްޗަށް ޓެރަރިޒަމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އުފުލައި ބައިނަލްއަޤުވާމީ ހައްޔަރު އަމުރެއް ނެރެފިއެވެ.

އެފްއެސްބީން ބުދަ ދުވަހު ހާމަކުރި ގޮތުގައި ޔޫކްރެއިނުގެ ޚާއްޞަ ސާވިސްތަކާއި ޓެރަރިސްޓް އަދި ހަރުކަށި ޖަމާޢަތްތަކުން ރަޝިޔާގައި ހަމަލާތައް ރާވައި ވިލަރެސްކުރަން ބޭނުންކުރި ޗެނެލްތަކާއި ޗެޓްތަކާއި ބޮޓްތައް ނައްތައިލުމުގައި ޓެލެގްރާމް ކުންފުނި ފެއިލްވެފައިވާ ކަމަށެވެ. އެ ހަމަލާތަކުގެ ތެރޭގައި ޚަރާބުކުރުމާއި ޓެރަރިޒަމާއި ބޮޑެތި ގަތުލުޢާންމުތަކާއި ސައިބާ ފްރޯޑް ހިމެނޭ ކަމަށް ރަޝިޔާގެ ސެކިއުރިޓީ އިދާރާއިން ބުންޏެވެ.

މި ދައުވާ ހާމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޓެލެގްރާމްގެ ރަސްމީ އެކްސް އެކައުންޓުން ޑުރޯވް ފޮޓޯއެއް ޕޯސްޓުކުރިއެވެ. ރަޝިޔާ ސަރުކާރުން ޓެލެގްރާމަށް ރައްޔިތުންނަށް ވާސިލުވެވޭ ގޮތް ހަނިކުރުމަށް "އައު ބަހަނާތައް ހަދައިގެން" މަސައްކަތްކުރާ ކަމަށް ޑުރޯވް ކުރިންވެސް ތުހުމަތުކޮށްފައިވެއެވެ.

ރަޝިޔާގައި އެތައް މިލިއަން ބަޔަކު ޓެލެގްރާމް ބޭނުންކުރާ އިރު އެ ޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ އިންޓަނެޓްގެ މިނިވަންކަން ހަނިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ޓެލެގްރާމާއި ވަޓްސްއެޕް ފަދަ މެސެޖިން އެޕްތައް ބޭނުންކުރުން ހުއްޓުވައި ރަޝިޔާ ސަރުކާރުގެ ފުރިހަމަ ބެލެހެއްޓުމުގެ ދަށުގައި އޮތް މެކްސް މެސެންޖާ ޕްރޮމޯޓުކުރުމަކީ ރަޝިޔާގެ މިހާރުގެ އެއް އެޖެންޑާއެވެ.

ޓެކް ތަޖުރިބާކާރުން ފާހަގަކުރައްވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން ހޯދައިފިނަމަ ޑޭޓާ ހިއްސާކުރާނެ ކަމަށް މެކްސް ސީދާ ޢިއުލާނުކޮށްފައިވާ އިރު އެ އެޕްގައި އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުމެއް ނުކުރެއެވެ. ހަމައެއާ އެކު ޓްވިޓާ ފޭސްބުކް އަދި އިންސްޓަގްރާމް ރަޝިޔާގައި ބްލޮކްކޮށް ޔޫޓިއުބަށް ވެސް ދަތިކުރުންތައް އަންނަނީ ވަރުގަދަކުރަމުންނެވެ.

ޢުމުރުން 41 އަހަރުގެ ބިލިއަނަރު ޑުރޯވް އެތައް އަހަރެއް ކުރިން ރަޝިޔާ ދޫކޮށް ބޭރުގައި ދިރިއުޅެމުން އަންނަ އިރު އޭނާ އަތުގައި ފަރަންސޭސިވިލާތާއި ޔޫއޭއީގެ ޕާސްޕޯޓް އެބަ އޮތެވެ. 2014 ވަނަ އަހަރު އިދިކޮޅު ފަރާތްތަކުގެ ކޮމިއުނިޓީތައް ބަންދުކުރަން ރަޝިޔާ ސަރުކާރުން ކުރި ޑިމާންޑާ ދެކޮޅު ހެދުމަށް ފަހު އޭނާ ރަޝިޔާ ދޫކޮށްލީއެވެ. ރަޝިޔާގައި ފޭސްބުކާ އެއްފެންވަރުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވީކޮންޓާކްތޭ ވެސް ވުޖޫދަށް ގެނައީ ޑުރޯވެވެ.

ދުނިޔޭގެ 950 މިލިއަނެއްހާ މީހުން ބޭނުންކުރާ ޓެލެގްރާމުން އަބަދުވެސް ބުނަމުން ދިޔައީ ޔޫޒަރުންގެ ޕްރައިވެސީ ހިމާޔަތްކުރުމަކީ އެ ޕްލެޓްފޯމުގެ އެންމެ މުހިންމު ލަނޑުދަނޑި ކަމަށެވެ. 2024 ވަނަ އަހަރު ފަރަންސޭސިވިލާތުގައި ކުށް މަދުކުރުމަށް އެޕް ރަނގަޅަށް ބެލެހެއްޓުމުގައި ޑްރޯވް ފެއިލްވި ކަމުގެ ތުހުމަތުގެ ދަށުން ރަސްމީ ތަޙުޤީޤެއް ހިންގައިފައިވެއެވެ. ފަރަންސޭސިވިލާތުން ޑުރޯވް ދޫކޮށްލި ނަމަވެސް އެ ތަޙުޤީޤު އަދިވެސް ކުރިއަށް އެބަދެއެވެ. ރަޝިޔާއިން ނެރުނު ބައިނަލްއަޤުވާމީ ހައްޔަރު އަމުރަށް އެހެން ޤައުމުތަކުން ޢަމަލުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.