މުންދު އާއި ރައީސް ނަޝީދު
ހަބަރު
30 Jul 2026 | 14:29
ހެއްކާއެކު ތަރުޖަމާނު ދެއްކެވީ ނަޝީދުގެ ވެރިކަމުގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރެއްވި ގޮތް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއީލާއެކު އޮތް ގާތް ގުޅުން ހާމަކުރައްވައި، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އެމްޑީޕީ ސަރުކާރުތަކުން އިސްރާއީލަށް ތާއީދުކުރާ ސިޔާސަތެއް ގެންގުޅުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ރޭ ވަނީ އެމްޑީޕީ އަކީ އިސްރާއިލަށް ތާއީދު ކުރާ ޕާޓީއެއް ނޫން ކަމަށާ، އެ ޕާޓީން ތާއީދު ކުރާނީ ފަލަސްތީނަށް ކަމަށް ވިދާޅުވެފައެވެ.

"ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ؟ ޓީވީތަކުން ފެންނަމުން އެ ގެންދާ މަންޒަރުތައް، އިޒްރޭލް ސަރުކާރުގެ ލާއިންސާނީ އަމަލުތައް، ކާކުތޯ ހަނދާން ނެތޭނީ؟ ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ. އެމްޑީޕީން ނުކުރާނެ. އިޒްރޭލަށް އެމްޑީޕީ ވެސް ތާއީދު ނުކުރާނެ! އަޅުގަނޑުމެން އަބަދު ވެސް ތެދުވެ ތިބޭނީ މިނިވަންކަމަށްޓަކައި ތާ އަބަދު މަސައްކަތް ކުރާ ފަލަސްތީނުގެ ރައްޔިތުންނާ އެކީގައި."

ނަޝީދު ވިދާޅުވިއެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި މުންދު އޭނާގެ ފޭސްބުކް ޕޯސްޓުގައި ވަނީ، ނަޝީދުގެ ވެރިކަމުގައި އިސްރާއީލާ ގުޅުން ބަދަހިކުރި މުހިންމު ތާރީޚީ ކަންތައްތަކެއް ތަރުތީބުން ހަނދާންކޮށްދެއްވާފައެވެ.

އެގޮތުން 1974 ވަނަ އަހަރުން ފެށިގެން މެދުކަނޑާލާފައި އޮތް ދިވެހިރާއްޖެއާއި އިސްރާއީލުގެ ގުޅުން 2009 ވަނަ އަހަރު އަލުން އިއާދަކުރިއިރު، ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު ކަމަށާއި، އޭރު އޮތީ އެމްޑީޕީގެ ސަރުކާރުކަން މުންދު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، 2009 ވަނަ އަހަރު ރާއްޖޭގެ ޚާރިޖީ ވަޒީރަކު ފުރަތަމަ ފަހަރަށް ރަސްމީގޮތުން އިސްރާއީލަށް ޒިޔާރަތްކުރެއްވީވެސް އެމްޑީޕީގެ ވެރިކަމުގައެވެ.

މީގެ އިތުރުން، ފަތުރުވެރިކަމާއި، ސިއްހަތާއި، ތައުލީމު އަދި ސަގާފީ ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކުގައި އިސްރާއީލާއެކު 2009 ގައި ސޮއިކުރިއިރު، 2010 ވަނަ އަހަރު އިސްރާއީލުގެ 'އައި ފްރޮމް ޒަޔޯން' ގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ކްލިނިކް ހިންގާފައިވެއެވެ.

އަދި އެ މީހުން ރައީސް އޮފީހަށް ގެންގޮސް ސައިދީ، ބައްދަލުކޮށް ސަނާ ކިޔާފައިވަނީވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް މުންދު ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި އެމްޑީޕީ ސަރުކާރުން ގެންގުޅުނު ދެފަންތީގެ ސިޔާސަތު ހާމަކުރައްވަމުން މުންދު ވިދާޅުވީ، 2011 ވަނަ އަހަރު ޔުނެސްކޯގައި ފަލަސްތީނަށް މެންބަރުކަން ދިނުމަށް ވޯޓަށް އެހި ވަގުތު، އެ ވޯޓުގައި ބައިވެރިނުވުމަށްޓަކައި ރާއްޖޭގެ ވަފުދު އަވަސްއަރުވާލައިގެން މާލެ ގެނައީވެސް ރައީސް ނަޝީދުގެ އަމުރަށް ކަމަށެވެ.

މުންދުގެ ޕޯސްޓާއެކު އޭނާ ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި، ޖަލްސާއެއްގައި އިސްރާއީލާއެކު ގުޅުން ބޭއްވުމާ ބެހޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއްވެސް ހިއްސާކުރައްވާފައެވެ. 

އޭގައި ނަޝީދު ވަނީ ފަލަސްތީނުންވެސް އިސްރާއީލް ގަބޫލު ކުރާ ކަމަށާ، އެހެންކަމުން ދިވެހިރާއްޖެއިން ނުކުރަންވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

”ފަލަސްތީން އިސްރާއީލް ގަބޫލުކުރޭ. ދެން އަޅުގަނޑުމެން އެކަން ނުކޮށް ކީއްކުރައްތޯ އުޅެންވީ. ފަލަސްތީން އިސްރާއީލް ގަބޫލުކުރޭ. ދެން އަޅުގަނޑުމެންނަށް އެބަ އޮތްތޯ އިސްރާއީލް ގަބޫލުނުކޮށް އުޅުމުގެ މާބޮޑު ވިސްނުމެއް، ބުއްދިވެރިކަމެއް. ބޭނުމެއް. ނެތް“

ރައީސް ނަޝީދު

މީގެ އިތުރުން ނަޝީދު ވަނީ އެމަނިކުފާނުގެ ސަރުކާރުން އިސްރާއީލާ ގުޅުން ބަދަހި ކުރާ ސަބަބުވެސް ހާމަކުރައްވާފައެވެ. އެގޮތުން ވިދާޅުވީ އެއްވެސް ގައުމަކާ ގުޅުން ބަދަހިނުކޮށް ބޭއްވުމަކީ ވަރަށް ހައްދުފަހަނައެޅި ވިސްނުމެއް ކަމަށެވެ. އަދި ގައުމެއްގެ ސިޔާސަތުގައި އެ ވިސްނުން ގެންގުޅުމަކީ ރަނގަޅު ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އަޅުގަނޑުމެންގެ ހިތް ހަލާލުވުން.“ ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަރަބި މުސްލިމު ގައުމުތަކުގެ ވެރިންނާވެސް އެ މަޝްވަރާ ކުރައްވައި ރާއްޖޭގެ ވިސްނުން ހާމަކުރެއްވި ކަމަށެވެ. އަދި ގައުމުގައި އުޅޭ މަދު ބައެއްގެ ސަބަބުން ގުޅުން ބަދަހި ނުކުރައްވައި ފަހަތަށް ނުޖެހުމަށް އެންގެވި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.
24 Aug 2026
ބައްސާމް ވަގުތީގޮތުން ގެއަށް ބަދަލުކޮށްފި
ބައްސާމް ގެއަށް ބަދަލުކޮށްފައިވަނީ އޭނާގެ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފާގެ މަތިން ވަގުތީ ގޮތުންނެވެ.
24 Aug 2026
ބޭރުފައިސާ މާރުކުރާ މިންވަރު ދެ ގުނަ އިތުރުކުރުމަކީ ތަހައްމަލުކުރެވޭނެ ކަމެއް ނޫން: މަޓީ
މަޓީން ބުނީ ކަޅު ބާޒާރަށް އޮތް ޕްރެޝަރަކީ ހަމައެކަނި ރިސޯޓް އޮޕަރޭޓަރުންގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބުނުމަކީ ޙަޤީޤަތާ ޚިލާފު ބޭއިންސާފެއް ކަމަށެވެ
24 Aug 2026
އެމްޓީސީސީގެ މިދިޔަ އަހަރުގެ ސާފްފައިދާ އިތުރުވެއްޖެ
އެމްޓީސީސީއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 84.8 މިލިއަން ރުފިޔާ ލިބުނުއިރު ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާއަކީ 98.4 މިލިއަން ރުފިޔާއެވެ
24 Aug 2026
ޓައިވާން ކަނޑުއޮޅިމަތިން އެމެރިކާގެ މަތިންދާބޯޓެއް ދަތުރުކޮށްފި
ޗައިނާގެ ސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމަށްވާ ގްލޯބަލް ޓައިމްސްއިން، ޢަސްކަރީ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާގެ މި ފްލައިޓްގެ ހަރަކާތްތައް ޗައިނާއިން ވަނީ ބަލައި މޮނިޓަރުކޮށްފައެވެ
24 Aug 2026
ބަންގްލަދޭޝްގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ނުވެ، ކުދިން މަރުވާ އަދަދު އިތުރުވަނީ
ބަންގްލަދޭޝްގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް އިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު، އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ހޯމަ ދުވަހުގެ ހެނދުނާ ހަމަޔަށް އިތުރު 5 ކުއްޖަކު މަރުވެފައިވާކަމަށެވެ.
24 Aug 2026
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި
ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ
24 Aug 2026
އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ޝެއިޚް އަބޫ ތައިމިއްޔާގެ ބޮޑު ދަރުހެއް
މަހަލްދީބު ފައުންޑޭޝަނުގެ "Enlighten Program" ގެ ދަށުން ދިވެހިރާއްޖެއަށްއުސްތާޛް އަބޫ ތައިމިއްޔާ ކުރައްވާ ދަތުރުގެ ތެރެއިން މިރޭ އައްޑޫ ސިޓީގައި އަދި މާދަމާރޭ، ފުވައްމުލައް ސިޓީގައި ޝެއިހުގެ ބޮޑު ދަރުހެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.