ނުކުޅެދުންތެރިކަން ހުންނަ މީހަކު ގޮވައިގެން މީހަކު ހިނގާލަން ނުކުމެ- ފޮޓޯ/ ވޮއިސް
ހަބަރު
04 Aug 2026 | 09:47
އޭޕްރީލް މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން، މާލީ އެހީއަށް 55 މިލިއަން ރުފިޔާ

މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެންމެ ގިނައީ ފިރިހެނުންނެވެ. އެގޮތުން ދަފްތަރުގައި 8،915 ފިރިހެނުން ހިމެނޭއިރު އަންހެނުންގެ އަދަދަކީ 6،488 އެވެ.

އުމުރުފުރާތަކަށް ބަލާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ 7،773 މީހުން ހިމެނޭއިރު، 18 އަހަރުން ދަށުގެ 5،226 ކުދިން އަދި 65 އަހަރުން މަތީގެ 2،404 މީހުން ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.

ނުކުޅެދުންތެރިކަމުގެ ގިންތިތަކަށް ބަލާއިރު، އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެ ގިންތީގައި 4،287 ފަރާތެއް ހިމެނެއެވެ. މީގެ އިތުރުން، މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،489 މީހުންނާއި، ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2،285 މީހުން އަދި ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،841 މީހުން ހިމެނެއެވެ. އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން 1،828 ފަރާތެއްގެ ހުރިއިރު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،025 މީހުންނާއި، އޯޓިޒަމް ހުންނަ 590 ކުދިން އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 58 ފަރާތެއް ދަފްތަރުގައި ހިމެނެއެވެ.

މާލީ އެހީތެރިކަމަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ގޮތުގައި 15،146 ފަރާތަކަށް ޖުމްލަ 55,920,000 (ފަންސަވީސް މިލިއަން ނުވަލައްކަ ވިހިހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

ތެރަޕިއުޓިކް ފަރުވާގެ އެހީގެ ދަށުންވެސް ބޮޑެތި ހޭދަތަކެއް ކުރެވިފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ޕްރޮގްރާމްގެ ދަށުން 253 ފަރާތަކަށް 7,072,834 ރުފިޔާ ހަމަޖައްސައިދީފައިވެއެވެ.

އަދި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 80 ފަރާތަކަށް 524,615 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.