ވީއައިއޭ- ފޮޓޯ/ އެމްއޭސީއެލް
ހަބަރު
04 Aug 2026 | 14:36
ވީއައިއޭ އާއި މާމަހި އެގްޒެކެޓިވް ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026" ގެ މަޤާމަށެވެ.

މީގެ ކުރިން 12 ފަހަރު މި ލަޤަބު ހޯދާފައިވާ މި އެއަރޕޯޓަށް މިފަހަރު ލިބުނު ނޮމިނޭޝަނަކީ، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓުން ދަމަހައްޓަމުންދާ މަޤާމު ރަމްޒުކޮށްދޭ ކަމެއްކަން އެމްއޭސީއެލުން ފާހަގަކުރެއެވެ. 

މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026" ގެ މަޤާމަށެވެ. އެމްއޭސީއެލުން ބުނިގޮތިގައި މިއީ ފަސިންޖަރުންނަށް ފެންވަރު ރަނގަޅު އަދި އަރާމު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެ ލައުންޖުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބަލައިގަތުމެކެވެ.

1993 ވަނަ އަހަރު އުފެދުނު ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.

މި ނޮމިނޭޝަންތަކަކީ އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީކޮށް، ފަސިންޖަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށާއި، ދިވެހިރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޤާމު ވަރުގަދަކުރުމަށް ކުރަމުންދާ މެދުނުކެނޑި މަސައްކަތްތަކުގެ ހެއްކެއް ކަމަށްވެސް އެމްއޭސީއެލް އިން ބުނެއެވެ.

ވޯޓު ދިނުމަށް:

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026

https://www.worldtravelawards.com/vote-for-velana-international-airport-maldives-2026

މާމަހި އެގްޒެކެޓިވް ލައުންޖް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026

https://www.worldtravelawards.com/vote-for-maamahi-executive-lounge-maldives-2026

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.
08 Sep 2026
ޖަމާލުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން، ޖަމާލުއްދީން ސްކޫލުގެ ގްރޭޑް 8 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ގާތްގަނޑަކަށް 300 އެއްހާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކެރިއަރ ގައިޑެންސް ސެޝަނެއް ބާއްވައިފިއެވެ.
08 Sep 2026
ހޫނުން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިހްސާސް ކުރެވޭ ހޫނުމިން އިންތިހާއަށް މަތިވަމުންދާތީ، ހޫނުގެ ސަބަބުން ސިއްޙަތަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
08 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭ އިތުރު އެއްވެސް މަޢުލޫމާތު ޔާމީނަށް އެނގިވަޑައިނުގަންނަވާ
އަމީނީމަގުގައި ހުންނަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން، އެމަނިކުފާނަށް އިތުރު އެއްވެސް މަޢުލޫމާތެއް އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
08 Sep 2026
އިންޑިއާގެ 175 އަހަރުވީ ފައްޅިއެއް ގަންގާ ކޯރުގެ ތެރެއަށް ފެތިއްޖެ
އިންޑިއާގެ ހުޅަނގު ބެންގާލްގެ މާލްދާ ޑިސްޓްރިކްޓަށް ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ކޯރުގެ އައްސޭރިފަސް ގިރުމުގެ ހާދިސާތަކުގައި، ރަތުއާ ސަރަޙައްދުގައި ހުރި 175 އަހަރުވީ ޒަމާންވީ ފައްޅިއެއް އާދީއްތަ ދުވަހު ގަންގާ ކޯރުގެ ތެރެއަށް ވެއްޓި ފެތިއްޖެއެވެ.
08 Sep 2026
ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު އިތުރުކޮށް ގަވާއިދަށް ބަދަލެއް
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުންގެ އަދަދު ނުވަޔަކަށް އިތުރުކޮށް، އެ އޮފީހުގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
08 Sep 2026
ރާއްޖޭގެ ޙާފިޡުންގެ ޢަދަދު 322 އަށް އަރައިފި
މި ވަގުތާ ހަމައަށް ރާއްޖޭގައި ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޖުމްލަ ޢަދަދު 322 އަށް އަރައިފައިވާ ކަމަށާއި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި އެ ޢަދަދު 500 އަށް އެރުވުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
08 Sep 2026
އެހެން މީހުންގެ އެޕާޓްމަންޓުތައް ކުއްޔަށް ދޭން އިޝްތިހާރުކޮށް، ފައިސާ ނަގަނީ
ހުޅުމާލެއިން ދުވަހު ކުއްޔަށާއި މަހު ކުއްޔަށް އެޕާޓްމަންޓް ދޭކަމަށް ބުނެ، ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.