އެންސްޕާ ސީއީއޯ ޝިރުނާ- ފޮޓޯ/ އެންސްޕާ
ހަބަރު
05 Aug 2026 | 16:32
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ؛ އަދަދު ފަހުން ހާމަކުރާނަން: އެންސްޕާ ސީއީއޯ ޝިރުނާ

ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.

ތަފާތު އެކި ޙާލަތްތަކުގައި ތިބި މީހުންނަށް މާލީ އެހީ ދިނުމަކީ ގާނޫނީ ގޮތުން އެންސްޕާގެ ޒިންމާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ؛ 

- ފަޤީރު ހާލަތުގައި ދަރިން ބަލަހައްޓާ އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެހީތެރިކަން ފޯރުކޮށްދިނުން

-ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

-ފަޤީރު ޙާލަތްތަކުގައި މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ މީހުންނަށް ދެވޭ އެހީތެރިކަން

-ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން

އެކަންކަން ކުރިން މޮނީޓަރު ކުރަމުން ދިޔަ ނަމަވެސް، ނިމިދިޔަ އެމްޑީޕީ ސަރުކާރުން، 2020ވަނަ އަހަރު ތެރޭގައި، އެމަސައްކަތް ކުރަމުންދިޔަ މޮނީޓަރިންގ ސެކްޝަން އުވާލުމާއި ގުޅިގެން، އެމަސައްކަތް އޮތީ ހުއްޓިފައި ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންގޮސްފައިވާކަންވެސް ފާހަގަކުރެއްވިއެވެ. 

"ގާތްގަނޑަކަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާވެފައިވާކަންވަނީ ހާމަވެފައި. އެއީ 700 އެއްހާ މީހުން. މިއީ ކިހާ ބޮޑު ގެއްލުމެއްތޯ؟ މިހާރު އަޅުގަނޑު މިދަނީ އަލުން އެސެކްޝަންގެ މަސައްކަތް އިޔާދަކޮށް ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިދަނީ ކުރަމުން." 

ޝިރުނާ ވިދާޅުވިއެވެ. 

މިކަންކަން އެނގުނީ 2025 ގައި މޮނީޓަރިންގެ މަސައްކަތް އަލުން ފެށުމުން ކަމަށް ޝިރުނާ ފާހަގަކުރެއްވިއެވެ. 

”2025 އަހަރު ތެރޭގައި މަސައްކަތް ފަށައި، ގެއްލިފައިވާ ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ވަނީ ފެށިފައި. އޭރު އެ މަސައްކަތް ކުރެވެމުން ދިޔައީ، ރަށްރަށުގެ ކައުންސިލް ތަކާއި ކޯޓުތައް މެދުވެރިކޮށް“ ”ވޮއިސް“ އަށް މައުލޫމާތު ދެއްވަމުން ޝިރުނާ ވިދާޅުވިއެވެ. 

ކަށުނަމާދު ޕޭޖު މެދުވެރިކޮށްވެސް ނިޔާވެފައިވާ ފަރާތްތައް ދެނެގަތުމަށް ކުރިން މަސައްކަތް ކުރި ކަމަށާ،ނަމަވެސް މިހާރު އެކަން ބަދަލުކޮށް، ގެމެން ޕޯޓަލް މެދުވެރިކޮށް ފަސޭހަ ކަމާއެކު އެ މައުލޫމާތުތައް އެނގޭނެ ކަމަށް ޝިރުނާ ވިދާޅުވިއެވެ.  

ޝިރުނާ އިތުރަށް ވިދާޅުވީ، މީގެ ކުރިން މޮނިޓާ ނުކުރެވުމުގެ ސަބަބުން ގެއްލިގެން ދިޔަ ފައިސާތައް ހޯދުމަށް ޚާއްސަ ކޮމިޓީއެއް ހަދައިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށާ، މިހާރުވެސް ބައެއް ފައިސާ ރިކަވާ ކުރެވިފައިވާ ކަމަށެވެ. 

”އެފަދައިން ނިޔާވެފައި ތިބި ފަރާތަކުގެ ލިސްޓެއް ނަގައިގެން، އެ ލިސްޓް ކައުންސިލްތަކަށް ފޮނުއްވައިގެން، ކައުންސިލުން އެފަރާތްތަކުގެ އާއިލާއާ ކޮންޓެކްޓްކޮށްގެން ރިކަވާ ކުރަމުންދިޔައީ. އެގޮތުން ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އެ ރިކަވާ ކުރަމުންދިޔައީ. އެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިގެން ކޮމިޓީ މެދުވެރިކޮށް ފައިސާ ރިކަވާ ކުރުމުގެ މަސައްކަތް ކުރެވެމުންދަނީ.“ 

ޝިރުނާ ވިދާޅުވިއެވެ. 

މިހާތަނަށް ކުރެވުނު މަސައްކަތުން ރިކަވާ ކުރެވުނީ ކިހާ ފައިސާއެއްތޯ  ވޮއިސް އިން ސުވާލު ކުރުމުން ޝިރުނާ ވަނީ، އެ މައުލޫމާތު ”މިހާރުވެސް އެބައޮތް“ ކަމަށާ ”ފަހުން މީޑިއާ އާ ހިއްސާކުރާނެ“ ކަމަށް ވިދާޅުވެފައެވެ. 

ނިޔާވެފައިވާ މީހުންގެ އެކައުންޓަށް ފައިސާ ޖަމާކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނިއިރު، އެފަދަ ފަރާތްތައް ނިޔާވުމުން، ނުވަތަ ތިބި ޙާލަތް ބަދަލުވުމުން އެކަން އެންސްޕާ އެންގުމަކީ އެހީ ލިބޭ ފަރާތްތަކުގެ އިގްރާރުގައިވެސްވާ ކަމެއްކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް، އަމިއްލައަށް އިސްނަގައިގެން އެކަން އެންސްޕާއަށް އަންގަނީ ވަރަށް މަދު ފަރާތްތަކަކުންކަން ޝިރުނާ ފާހަގަކުރެއްވިއެވެ. 

"ވަރަށް މަދު، ގާތްގަނޑަކަށް 15 އެއްހާ ފަރާތުން އަންގާލާފައި މި އިންނަނީ، މަރުވީމަ މަރުވިކަން“ ޝިރުނާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.