ބާޒާރުމަތީގައި ބަޔަކު ހޮވި އެއްޗެހިތަކެއް ވިއްކަނީ... ފޮޓޯ: ވޮއިސް
ހަބަރު
05 Aug 2026 | 22:29
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި އެބަތިބި: މޭޔަރު އާޒިމް

މާލެ ސަރަހައްދުގައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން އެބަތިބިކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

މާލެސިޓީ ކައުންސިލުން މިއަދު ބެއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، މާލޭގެ އެކި ސަރަހައްދުތަކުގައި މަގުމަތިވެގެން އުޅޭ ކުށްކުރާ ހާހެއްހާ މީހުން އުޅެމުންދާކަމަށް ކަމާބެހޭ އިދާރާއިން މައުލޫމާތު ދީފައިވާކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކުށްކުރުމުގެ ރެކޯޑް އޮންނަ ބައެއްނަމަވެސް އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅެމުން ނުދާކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ، މިކަމުގައި ފުލުހުންގެ އިދާރާވެސް ހަރުދަނާވާން ޖެހޭ ކަމަށާއި، ފުލުހުންގެ އިދާރާއަށް ބޭނުންވާ ވަސީލަތްތައްވެސް ދައުލަތުން ފުލުހުންނަށް ދޭންޖެހޭކަމަށެވެ. 

އާޒިމް ވިދާޅުވީ މާލޭގެ މަގުތައްމަތީ އަދި އެތައް މިތަނުގައި ނިދައި ގޮނޑު ހޮވައިގެން އުޅޭކުދިން އެބަތިބިކަމަށާއި، އެކުދިން ގޮނޑުންތަކެތި ހޮވައިގެން ގެނެސް ބޭނުންނުވާތަކެތި މަގުތަކަށް އުކާލަމުންދާކަމަށެވެ. މޭޔަރު އާޒިމް ވިދާޅުވީ ގޮނޑުހޮވައިގެން އުޅޭކުދިން މި މުޖުތަމައުގައި އުޅެންޖެހިގެން ނުވާނޭކަމަށާއި ކައުންސިލާއި ދައުލަތާ ގުޅިގެން އެކުދިންނަށް ގޮތްތަކެއް ހޯދައިދޭން ޖެހޭކަމަށެވެ. 

އެކުދިން ރިހެބިލިޓޭޓް ކޮށްފަ އަލުން މުޖުތަމައުއަށް ގެންނަން މަސައްކަތް ކުރަންޖެހޭ. އަބަދުވެސް މި އެކުދިން މާލެ ތެރޭ އެބައުޅޭ ތިމަންނަމެންނަށް އެ ކުދިންނަށް ފިޔަވަޅެއް ނޭޅޭ. ފިޔަވަޅު އަޅާކަށް ނޫން ބޭނުންވަނީ. އެމީހުން ޖަލަށް ލާކަށް ނޫން ބޭނުންވަނީ. ބޭނުންވަނީ އެމީހުން ރަނގަޅު ކުދިންނަށް ހަދައިދީ މުޖުތަމައުއަށް ނެރެން

މޭޔަރު އާޒިމް

އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. މި ހުރިހާ އެންމެންވެގެން ރަނގަޅު ނިޔަތެއްގައި މަސައްކަތް ކޮށްފިނަމަ އެންހާސްކުދިން އަލުން މުޖުތަމައުއަށް ނެރުމަކީ އުނދަގޫ ކަމަކަށް ނުވާނޭކަމަށް މޭޔަރު ވިދާޅުވިއެވެ. އެގޮތުން އެކުދިން ގޯސްކޮށް މިހެން ދާނަމަ ކަންކަން ރަނގަޅު ވެގެން ނުދާނޭކަމަށާއި، އެ އެންހާސްކުދިން ރަނގަޅު ކުރެވިއްޖެނަމަ މާލޭގެ ވެއްޓަށް ހެޔޮ ބަދަލެއް އަންނާނޭކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި މަގުމަތިވެގެން އުޅޭ ކުށަށް އަރައިގަންނަ މީހުން ރަނގަޅުކުރުމަށް ޕްރޮގްރާމްތަކެއް ހިންގަންޖެހޭކަމަޑް މޭޔަރު ވިދާޅުވިއިރު، ކުނި ޑަސްބިންތައް ހޮވުމާއި އެކި ސަރަހައްދުގައި ނިދާހަދާ މީހުންގެ އަދަދު މިހާރު ވަރަށްބޮޑަށް އިތުރުވަމުން އަންނަކަން އާއްމުން ފާަހގަކުރެއެވެ. މީގެ ތެރެއިން ބައެއް މީހުން މިސްކިތްތަކުގައި ނިދުމާއި މިސްކިތު ފާހާނާތައް ބޭނުންކޮށް ހަޑިކުރާ މައްސަލަވެސް ފެންމަތިވެފައި އެބަހުއްޓެވެ. މިކަމާހެދި މިސްކިތްތަކުގެ ފާހާތައް ތަޅުލައި ހެދުމުން މިސްކިތްތަކަށް ގެއްލުންދޭކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ