ރައީސް ޑރ.މުއިއްޒު އުކުޅަހުގައި ވާހަކަދައްކަވަނީ.. ފޮޓޯ: ޕީއެންސީ
ހަބަރު
06 Aug 2026 | 00:12
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު

އިގްތިސާދީ ގޮތުން ދަތިތަކެއް ހުރިނަމަވެސް ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނޭކަމަށް ރައީުސލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އއ އުކުޅަހަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިރޭ ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ދިމާވެފައި އޮތް އިގްތިސާދީ ހާލަތު ހަމަޔަކަށް އެޅުވުމަށް ކުރަމުންގެންދާ މަސައްކަތްތަކާއެކުވެސް ވައުދުތައް ފުއްދަވާނޭކަމަށެވެ. އެގޮތުން ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެރަށަކަށްވެސް ކުރުމަށް ނިންމާފައިވާނީ އެ ރަށްރަށަށް މުހިންމު މަޝްރޫޢުތައް ކަމަށާއި، މިނިވަންދުވަހުގެ ޖަލްސާގައި ވިދާޅުވިގޮތަށް މަސައްކަތްތައް ނިމިގެންދާނޭކަމަށެވެ.

ހުރިހާ ރަށެއްގަވެސް އެރަށެއްގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފަވާ އަޅުގަނޑު ރިޔާސީ އިންތިޚާބާ އަދި ފަހުންވެސް ރައްޔިތުންނާ އެކީގަ ބައްދަލުވި ފަހަރުތަކުގަވީ ވަޢުދުތަކުގެ ތެރޭގަ ހުރި އެންމެ މުހިންމު މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ ހަމަ މި ދައުރުގެ ތެރޭގަ އަޅުގަނޑުމެން ނިންމާފަ ކޮށްދޭނަން

ރައީސް ޑރ.މުއިއްޒު

ޖަލްސާގައި ރައީސް މިރޭވެސް ވިދާޅުވީ މި ސަރުކާރުން ސިޔާސީވެރިން ހިފާ ހައްޔަރުނުކުރާނޭ ކަމަށާއި، ވީ ވައުދާ އެއްގޮތަށް އެކަމުގައި ދެމިހުންނަވާނޭކަމަށެވެ. މި ސަރުކާރުން ކަންކަން ކުރަމުންދާނީ ޤައުމީ ވިސްނުމުގައި ކަމަށާއި، ޤައުމަށް ހަމަޖެހުން ގެނައުމަކީ އަދުގެ ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދުކަމަށެވެ. 

އިދިކޮޅުން މަސައްކަތްކުރަނީ ގައުމު ހަލަބޮލިކުރަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ޤައުމާމެދު އިދިކޮޅު ފަރާތްތަކުގެ އިހުލާސްތެރި ވިސްނުމެއް ނެތްކަމަށެވެ. ޤައުމީ ވިސްނުން ހުންނަކަމަށް ވަނީނަމަ، މަސައްކަތްކުރާނީ ޤައުމީ ވިސްނުމުގައި ޒިންމާދާރުކަމާއެކުގައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.