ނިމާލް
ހަބަރު
06 Aug 2026 | 17:02
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް ވާދަ ކުރައްވަނީ

ވެރިކަންކުރާ ކޮންގްރެސްޕާޓީ،  ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބުރައީސްކަމުގެ މަގާމަށް މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު ނިމާލް ކުރިމަތިލައިފިއެވެ.

ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ކުރިމަތި ލެއްވިކަން އިއުލާނުކުރަމުން ސޯޝަލް މީޑިއާގައި ނިމާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަގާމަށް ކުރިމަތިލުމުގެ އެންމެ މުހިންމު އަމާޒަކީ، ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަމާއި ތަރައްގީއަށާއި، އަދި ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ސަލާމަތްކުރުމަށްތަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި ޕާޓީގެ ފަރާތުންނާއި އަމިއްލަ ފަރުދީ ގޮތުން ދެވެން އޮތް އެންމެހައި އެހީތެރިކަމެއް ފޯރުކޮށްދިނުން ކަމަށެވެ.

މީގެ އިތުރުން 2028ގެ ރިޔާސީ އިންތިޚާބު، ރައީސް ޑރ. މުޢިއްޒަށް ކާމިޔާބުކޮށްދިނުމުގައި ޕާޓީގެ މެންބަރުންނާ އެކު މަސައްކަތްކުރުމަކީވެސް އެންމެ ބޮޑު އަމާޒުކަމަށާއި، އަދި އެއީ ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ލަނޑުދަނޑި ކަމަށްވެސް ނިމާލް ވިދާޅުވިއެވެ.

ނިމާލްގެ ޕޯސްޓްގައި ވަނީ އިދިކޮޅުގައި ޕާޓީއެއްގެ ގޮތުގައި އޮވެމެ، ޕީއެންސީގެ ނައިބު ރައީސެއްގެ ހައިސިއްޔަތުން، އޭރުގެ ސަރުކާރުން ކުރިމަތިކުރުވި އެކިއެކި ފިއްތުންތަކާއި ގޮންޖެހުންތަކާ އެކު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަ ކުރައްވާފައެވެ. 

ނިމާލް މިހާރުވެސް ގެންދަވަނީ ޕީއެންސީގެ ނައިބުރައީސް ކަމުގެ މަގާމު ފުރުއްވަމުންނެވެ. އަދި އޭނާއަކީ މިހާރު އެލްޖީއޯގެ ސީއީއޯވެސް މެއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި ނިމާލް ފެނަކަ ހިންގެވިއިރު، ނިމާލް ވަނީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ އިތުރުންވެސް އެމްއާރުޑީސީގެ އެމްޑީކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.