ދިވެހިންގެ މިނިވަންކަމުގެ ދޮރޯށި ބެލެހެއްޓުމުގައި އެމްއޭސިއެލް އަބަދުވެސް ދެމިއޮންނާނޭކަމަށް އެކުންފުނީގެ ސީއީއޯ އދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ފަހުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަރީފް ވިދާޅުވީ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ އުފާވެރި ތަހްނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ރާއްޖޭގެ ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ.
މިނިވަންކަމުގެ އަގު ވަޒަންކުރަނީ ޝުކުރުވެރިކަމާއެކު މިނިވަންކަމުގެ އެންމެހާ އަސާސްތައް ދަމަހައްޓަމުންކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ދިވެހިންގެ މިނިވަންކަމުގެ ދޮރޯށި ވަރުބަލިވުމެއްނެތި ހުށިޔާރުކަމާއެކު ބެލެހެއްޓުމުގެ އަޒުމް އާކުރާކަމަށެވެ. އެގޮތުން އެމްއޭސީއެލް އަބަދުވެސް އޮންނާނީ އިހްލާސްތެރިކަމާއެކު މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައިކަމަށް ޝަރީފް ވިދާޅުވިއެވެ.
ދިވެހިންގެ މިނިވަންކަމުގެ ހަޔާތަށް ބަލާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަކީ ދިވެހިންގެ މިނިވަންކަމުގެ އެންމެބޮޑު އެއް ހަނދާނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists