ކުޅިވަރާ ބެހޭ ވަޒީރު، ސާއިދުއަސް އެވޯޑް ހަވާލުކޮށްދެއްވަނީ... ފޮޓޯ: ވޮއިސް
ހަބަރު
10 Aug 2026 | 13:57
ހާލު ދެރަވެ ސާޢިދަށް އައިސީޔޫގައި ފަރުވާ ދެނީ

ރާއްޖޭގެ ކުޅިވަރު ނޫސްވެރީންގެ ތެރޭގައި ފާހަގަކޮށްލެވޭ އަހްމަދު ސާއިދުގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ސާއިދު އަކީ ދެ ކިޑްނީ ފެއިލްވުމާއި ގުޅިގެން އެކަމަށް ފަރުވާ ހޯދަމުން އަންނަ މީހެކެވެ. ކިޑްނީ ފެއިލްވެފައިވާކަން އެނގުނީ 2018 ވަނަ އަހަރު އެވެ. އޭރު ކިޑްނީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.

ދައުލަތުގެ އެހީތެރިކަން ލިބި, ކިޑްނީ ބަދަލުކުރުމުގެ އޮޕަރޭޝަނަށް ފުރަން ތައްޔާރުވަމުންދިޔަ ސާއިދުގެ ހާލަތު ގޯސްވީ މިއަދު ހެނދުނު އެވެ. އަދި ހާލަތު ދަށްވެ މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ.

އެނގިފައިވާ ގޮތުގައި ކިޑްނީ ޑޯނަަރަކު ހަމަޖެހި އެކަމަށް ހިނގާނެ ހަރަދު ވެސް މުޅީން ހަމަޖެހި މި މަހުގެ 13 ވަނަ ދުވަހު ލަންކާއަށް ފުރަން އޮތީ ހަމަޖެހިފަ އެވެ.

މިދިޔަ އަހަރުތަކުގައި ޑައިލިލީސް ހަދަމުން ވެސް ސާއިދު ގެންދިޔައީ އޭނާގެ ކުޅިވަރު ނޫސްވެރިކަމުގެ ހަޔާތުގައި ކުލަ ޖައްސަމުންނެވެ. ޕީއެސްއެމްގައި އޭނާގެ ދައުރު ބޮޑެވެ. އެ ދައުރު މިދިޔަ އަހަރުތަކުވެސް ފުރިހަމައަށް އަދާ ކުރަމުން ގެންދިޔަ އެވެ.

ސަކަ, މަޖާ މިޒާޖެއްގެ ސާއިދަކީ ކުޅިވަރު ނޫސްވެރީންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކޮމެންޓޭޓަރެވެ. އޭނާގެ ހާލު ދެރަވެ އައިސީޔޫގައި ފަރުވާ ދޭން ފެށުމުން އެތައް ބަޔަކު ގެންދަނީ ހެޔޮ ދުއާގެ މެސެޖުތަކާއި ޝުއޫރުތައް ފާޅުކުރަމުންނެވެ.

ކޮމެންޓް
ާަޢަބްދުލްޙަމީދުޔޫސުފް
ސާއިދުއަށްއަވަސްޝިފާއެއްމިންވަރުކުރައްވާށި
10 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.