-
ދުނިޔެ
12 Aug 2026 | 12:23
ރަޝިޔާގެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކުރި ކަމަށް ތުހުމަތުކޮށްފި

ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 12 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށާއި، އެ ހަމަލާތަކުގައި އުތުރު ކޮރެއާގެ މިސައިލް ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.

ރަޝިޔާގެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދެކުނު އިރުމަތީ ސިޓީއެއް ކަމަށްވާ ޒަޕޮރީޜިއާއަށެވެ. އެ ސިޓީއަށް ދިން ހަމަލާތަކުގައި ހަ މީހުން މަރުވެ 19 މީހުން ޒަޚަމްވި ކަމަށް ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވިއެވެ.

މަރުވި ހުރިހާ އެންމެނަކީ ޒަޕޮރީޜްސްޓާލް ދަގަނޑު ކާރުޚާނާގެ މުވައްޒަފުންނެވެ. އެ ކާރުޚާނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވައިގެ ހަމަލާގެ އިންޒާރު އިޢުލާނުކުރި ވަގުތު ހިޔާވައްސަށް ދިޔަ މަގުމަތީގައި މުވައްޒަފުންނަށް ބެލިސްޓިކް މިސައިލް ހަމަލާ އެރީ ކަމަށާއި، އިތުރު 21 މުވައްޒަފަކު ޒަޚަމްވެފައިވެއެވެ. ޒަޕޮރީޜިއާގެ މިލިޓަރީ އެޑްމިނިސްޓްރޭޝަންގެ ވެރިޔާ އިވާން ފެޑޮރޮފް ވަނީ ޢިމާރާތްތަކާއި އުޅަނދުތަކުގައި ރޯވެފައިވާ ފޮޓޯ ސޯޝަލް މީޑިއާގައި ޢާންމުކޮށްފައެވެ.

ޒެލެންސްކީ ވިދާޅުވީ ޒަޕޮރީޜިއާ ސިޓީއަށް ހަމަލާ ދީފައިވަނީ އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލާއި ޒިރްކޮން މިސައިލާއި ގައިޑެޑް އޭރިއަލް ބޮމުން ކަމަށާއި، އެއީ ޚާއްޞަކޮށް މަދަނީ ޢުމްރާނީ ވަސީލަތްތަކަށް އެންމެ ބޮޑު ގެއްލުމެއް ދިނުމަށް ރާވައިގެން ދިން ނުރައްކާތެރި ހަމަލާއެއްކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ރޭ ދިން ހަމަލާތައް އަމާޒުކުރީ ކީވް އާއި ޒަޕޮރީޜިއާގައި ހުރި ދިފާޢީ ސިނާޢީ ވަސީލަތްތަކާއި ދަތުރުފަތުރާއި ލޮޖިސްޓިކް މަރުކަޒުތަކަށް ކަމަށެވެ.

ފާއިތުވި ހަފުތާތަކުގައި ރަޝިޔާއިން ޔޫކްރެއިނުގެ ސިޓީތަކަށް ބެލިސްޓިކް މިސައިލް ހަމަލާތައް ވަރުގަދަކޮށްފައިވާ އިރު، ޔޫކްރެއިނުން ވެސް ވަނީ ރަޝިޔާގެ ސަރަޙައްދުތަކަށް ހަމަލާތައް އިތުރުކޮށްފައެވެ.

ކޮމެންޓް
ޚެދ
ކަލޭމެންވެސް ބޭނުން ކުރަނީ އެމެރިކާގެ ހަތިޔާރު ދޯ
13 Aug 2026
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.