ކުރީގެ ރައީސް ޞާލިޙް- ފޮޓޯ/ އެމްޑީޕީ
ހަބަރު
13 Aug 2026 | 14:46
ރައީސް ޞާލިޙް 2028 ގެ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް 2028 ގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ޕްރައިމަރީއަށް ނުކުންނަވާނެކަން ރަސްމީކޮށް އެ މަނިކުފާނު އަދި އިއުލާނު ނުކުރެއްވި ނަމަވެސް ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. 

މީގެ ކުރިން ދެއްވި ތަފާތު އިންޓަވިއުތަކުގައި ޞާލިޙް ވިދާޅުވެފައި ވަނީ ސިޔާސީ މުސްތަގުބަލާ މެދުގަޔާ، ރިޔާސީ ޕްރައިމަރީގައި ވާދަކުރުމާމެދު ނިންމަވާފައިވާ ނިންމެވުން ގާތްބޭފުޅުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެ ކަމަށް ސީދާ ވިދާޅެއް ނުވެއެވެ.

ޞާލިޙް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާއިރު، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނުގެ ތާއީދު އޮތީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު ވެސް އެ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޞާލިޙް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިއިރު، ފެބްރުއަރީ 2023 ގެ ރިޔާސީ އިންތިޚާބުގައި ދެވަނަ ދައުރެއް ކާމިޔާބު ނުކުރެއްވި ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މިހާރުގެ ރައީސް މުޙައްމަދު މުޢިއްޒެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ވަކި ތާރީޚެއް އަދި އިއުލާނުނުކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.