ޗެލްސީ އަންހެން ޓީމު-
ކުޅިވަރު
16 Aug 2026 | 08:53
ވަޢުދާ ޚިލާފްވެ ”ފްރީ ފަލަސްތީން“ ނުލިޔެ މުޅި ޕޯސްޓް ޑިލީޓް ކޮށްލުމުން ޗެލްސީ އަންހެން ފުޓުބޯޅަޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް

މީސްމީޑިއާ ޕްލެޓްފޯމް "ތްރެޑްސް" ގައި އެންމެ ގިނަ ބައެއްގެ ތާއީދު ލިބޭ ކޮމެންޓެއް އެ ޓީމުގެ ބަޔޯ އަށް ބަދަލުކުރާނެ ކަމަށް ބުނެ ވީ ވައުދާ ޚިލާފުވެ، ޕަލަސްތީނަށް ތާއީދުކޮށް ލިޔުނު ކޮމެންޓަކާ ގުޅިގެން މުޅި ޕޯސްޓް ޑިލީޓްކޮށްލުމުން ޗެލްސީގެ އަންހެން ފުޓްބޯޅަ ޓީމަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

މި ހަފުތާގެ ކުރީކޮޅު ޗެލްސީ ވިމެންސް ޓީމުގެ ރަސްމީ ތްރެޑްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެ ޕޯސްޓަށް ލިބޭ އެންމެ މަގުބޫލު ކޮމެންޓުގައި ވާ އެއްޗެއް އެ ޓީމުގެ ޕްރޮފައިލް ބަޔޯއަށް ލާނެ ކަމަށެވެ. މި ޕޯސްޓަށް އެންމެ ގިނަ ލައިކް ލިބި، އެއްވަނައަށް އެރީ މީސްމީޑިއާ ބޭނުންކުރާ ފަރާތެއް ކަމަށްވާ "relthesinger@" ކޮށްފައިވާ "ފްރީ ޕަލަސްތީން" (ޕަލަސްތީން މިނިވަންކުރޭ) މި ކޮމެންޓެވެ.

ނަމަވެސް، ވީ ވައުދާ އެއްގޮތަށް ބަޔޯ ބަދަލުކުރުމުގެ ބަދަލުގައި، ޗެލްސީން ވަނީ އެ މުޅި ޕޯސްޓް އެއްކޮށް ޑިލީޓްކޮށްލާފައެވެ.

މިކަމާ ގުޅިގެން އެ ކޮމެންޓް ކުރި ފަރާތުން ބުނެފައިވަނީ، ޗެލްސީން ޕޯސްޓް ޑިލީޓްކޮށްލިއިރު އެ ކޮމެންޓަށް 136،000 އަށް ވުރެ ގިނަ ލައިކްސް ލިބިފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން 324 އަށް ވުރެ ގިނަ ރިޕްލައި، 1،900 އަށް ވުރެ ގިނަ ރީޕޯސްޓް އަދި 316 ޝެއަރ ލިބިފައިވާ ކަމަށްވެސް އޭނާ ހާމަކޮށްފައިވެއެވެ. ވައުދު ފުއްދުމުގެ ބަދަލުގައި ޕޯސްޓް ފޮހެލުމުން އޭނާ ވަނީ ޗެލްސީގެ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މި މައްސަލައިގައި ގިނަ އަދަދެއްގެ އާންމުން ދަނީ ޗެލްސީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ވަނީ، އަމިއްލަ ބަހުގެ އިތުބާރު ނުހިފެހެއްޓުނު ކަމަށް ބުނެ، މިއީ ވަރަށް ލަދުވެތި އަމަލެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ސުލްހައަށާއި މިނިވަންކަމަށް ގޮވާލާ ގޮވާލުންތައް ސެންސަރުކުރުމަށްފަހު، އަޚުލާގީ މިންގަނޑުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތް ނުދިނުމަށާއި، ޗެލްސީ އަންހެން ޓީމު ބޮއިކޮޓް ކުރުމަށްވެސް ބައެއް ސަޕޯޓަރުން ވަނީ ގޮވާލާފައެވެ.

މި ފާޑުކިޔުންތަކާއި ތުހުމަތުތަކާ ގުޅިގެން ޗެލްސީ ފުޓްބޯޅަ ކްލަބުން މިހާތަނަށް އެއްވެސް ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.