ކޭޕާކް ފްލެޓް.. ފޮޓޯ: ވޮއިސް
ހަބަރު
16 Aug 2026 | 17:59
ކޭޕާކް މައްސަލާގައި ހަމްބޯގެ މައްޗަށް އިތުރު އަމުރެއް

ހުޅުމާލޭ ފޭސް އެކެއްގައި ތަރައްޤީކުރަމުންދާ ކޭޕާކް ފްލެޓްތަކުގެ މައްސަލާގައި ހަމްބޯ ކުންފުނީގެ މައްޗަށް ސިވިލްކޯޓުން ހަމްބޯގެ މައްޗަށް އިތުރު ހުކުމެއް ކޮށްފިއެވެ.

މިފަހަރު ހަމްބޯގެ މައްޗަށް ކޮށްފައިވަނީ އެކުންފުނިން އަމިއްލަ ފަރާތަކަށް ފްލެޓް ވިއްކުމުގައި ހެދި އެއްބަސްވުމާ ހިލާފްވުމާ ވުމުންނެވެ. މި މައްސަލައަށް ބަލާއިރު ހަމްބޯއިން ވަނީ ފްލެޓް ވިއްކުމުގެ މުއާމަލާތުގައި 50،000 ރުފިޔާ އާއި އިދާރީ ފީގެ ގޮތުގައި 10،000 ރުފިޔާ ނަގާފައެވެ. ނަމަވެސް އެއްބަސްވުމުގައި އޮތް ތާރީހު ފަހަނަ އަޅައިދިޔައިރުވެސް އެއްބަސްވުމާއެއްގޮތަށް އަމަލުކޮށްފައި ނުވާކަން ބަޔާނުން ވަނީ ފާަހަގަވެފައެވެ. 

މި މައްސަލާގައި ސިވިލްކޯޓުން ހަމްބޯ ކުންފުނީގެ މައްޗަށް ވަނީ އެފަރާތަށް ވިއްކުމަށް ނިންމި ފްލެޓް ތިރީސް ދުވަހުގެ ތެރޭހައި ހަވާލުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ދައުވާކުރި ފަރާތުން ނަގައިދިނުމަށް އެދުނު މާލީ ބަދަލު ނަގައިދެވެން ނެތްކަމަށް ހުކުމްގައި ވަނީ ބަޔާންކޮށްފައެވެ.

ކޭޕާކް މައްސަލާގައި މީގެ ކުރިންވެސް ވަނީ އެޕާޓްމަންޓް ގަތުމަށް ފައިސާ ދެއްކި މީހަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.

ހަންބޯގެ މައްޗަށް މިފަދަ ބައިވަރު މައްސަލަތައް މިދިޔަ އަހަރުވެސް ނިމިފައި އެބަހުއްޓެވެ. ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި މައްސަލާގައި ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް 94 ދައުވާ ސާބިތުވުމާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ އޭނާ 397 އަހަރަށް ޖަލަށް ލުމަށް ހުކުމްވެސް ކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.