ވިފާގު އަދި އޭނާގެ ބައްޕަ --
ހަބަރު
16 Aug 2026 | 19:37
ވިފާގުގެ މަރުގައި ޝައްކު އުފެދޭ ގިނަ ކަންކަން އެބަހުރި, އިންސާފު ބޭނުން: އަނީސް

އުސް އިމާރާތެއްގެ މަތީން ވެއްޓި މަރުވި ވިފާގް އިބްރާހިމް އަދުދާނުގެ މަރުގައި ޝައްކުތަކެއް އުފެދޭ ގިނަ ކަންކަން އެބަހުރި ކަމަށާ އެކަންކަމަށް އިންސާފު ބޭނުންވާ ކަމަށް އޭނާގެ ބައްޕަ އިބްރާހިމް އަދުނާން އަނީސް ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ވިފާގް މަރުވީ މީގެ ދެ އަހަރު ކުރީން 2024 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އެވެ.

ދަރިފުޅުގެ މަރަށް ދެ އަހަރު ފުރުމާއި ގުޅިގެން އަނީސް އޭނާގެ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވިފާގް މަރުވި ހާދިސާގައި ކަން ހިގައިގެން ދިޔަ ގޮތުން ޝައްކު އުފެދޭ ގިނަ ކަންކަން ހުރި އިރު އިންޞާފު ލިބުން ލަސްވެއްޖެ ކަމަށެވެ.

އަދި ބުނީ ތުހުމަތު ކުރެވޭ މީހުން ތިބީ ސިޔާސީ ގޮތުން މަގާމުގެ ނާޖާއިޒު ބާރު ކޮށްގެން ސިޔާސީ ނާޗަރަންގީގަ ގާނޫންތަކަށް ގޮންޖަހާފަ އުފަލުގައި ކަމަށެވެ. އިންސާފު ހޯދުމަކީ ގާނޫންތަކުގެ ބާރު ކަނޑުވައިގެން ކަނޑުގެ އުސޫލުން ހިނގާ ކަމަކަށް ވެއްޖެނަމަ، އެއީ ނުރައްކަލެއްގެ ފެށުން ކަމުގައިވެސް އޭނާ ބުނެފައިވެ އެވެ.

"ބޮޑުމަގާމުގައި ހުރުމަކީ ތިމާ ހިންގާފައި ހުރި ބޮޑެތި ޖަރީމާތަކުން ރެކިގަތުމަށް ލިބޭ ލައިސަންސެއް ނޫންކަން ހަނދާން ކުރަން ޖެހޭ. ނުރައްކަލުގެ ރަނގަބީލުން ބާރު އަޑު ގުގުމާލުމަކީ ބަދަލް ހިފުމަށް އަޅާ ރަނގަބީލަކަށް ވެއްޖެނަމަ ހިގާފާނެ ޙާދިސާ ތަކަކީ ދެކެން ބޭނުންވާ ދުވަހެއް ނޫން," އަނީސްކުރި ޕޯސްޓްގައިވެ އެވެ.

އޭނާ ވަނީ ކަމާއި ގުޅުންހުރި އެންމެހައި އިދާރާ ތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށާ ގާނޫނީ އިމުގެ ތެރެއިން އިންސާފު ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ބުނީ އާއިލާ އޮތީ އިންސަފުގެ އިންތިޒާރުގައި ކަމަށާ އެ މަރަށް އިންސަާފު ބޭނުންވާ ކަމަށެވެ.

އަނީސް އަކީ ފުލުހުންގެ ވަޒީފާގައި އިސް މަގާމުތަކެއް ފުރާފައިވާ މީހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.