ކައްދޫ އެއާޕޯޓް... ފޮޓޯ: ކައްދޫއެއަރޕޯޓް އެފްބީ
ހަބަރު
17 Aug 2026 | 17:11
ކައްދޫ އެއާޕޯޓް، މާލީގޮތުން ދައުލަތަށް ބޮޑު ބުރައަކަށް ވެފައި


ލ. ކައްދޫ އެއާޕޯޓް ހިންގާ ކުންފުންޏަށް މިހާތަނަށް 325 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޮޑު ގެއްލުމެއް ވެ، އެ ކުންފުނި ހިންގުން ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައަކަށް ވެއްޖެއެވެ.

އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ރިޕޯޓްކުރި ތާރީޚާ ހަމައަށް ކައްދޫ އެއާޕޯޓް ކޮމްޕެނީއަށް ޖުމްލަ 325,4 ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ. މީގެ ތެރޭގައި ހިނގަމުންދާ އަހަރު އެ ކުންފުނީގެ ހިންގުމުން ލިބުނު 29,7 ރުފިޔާގެ ގެއްލުން ވެސް ހިމެނެއެވެ.

އޮޑިޓް ރިޕޯޓަށް ބަލާއިރު، ކުންފުނި އަމިއްލައަށް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނުކުޅެދިފައިވާތީ، ކުންފުނީގެ ދުވަހީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މުޅިންހެން ބަރޯސާވާން ޖެހިފައިވަނީ ދިވެހި ސަރުކާރުން ދޭ މާލީ އެހީތެރިކަމަށެވެ. އެގޮތުން، ކުންފުނީގެ ހިންގުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ 4.5 މިލިއަން ރުފިޔާގެ މާލީ އެހީއެއް އެ ކުންފުންޏަށް ދީފައެވެ.

މީގެ އިތުރުން، ކުންފުނީގެ މާލީ ހިސާބުތަކުގެ ސައްހަކަމާ މެދު ވެސް އޮޑިޓް ރިޕޯޓުގައި ވަނީ ސުވާލު އުފައްދާފައެވެ. އެގޮތުން، 31 ޑިސެމްބަރު 2024 ގެ ނިޔަލަށް ކުންފުނީގެ ދޫކޮށްފައިވާ އަދި ފައިސާ ދައްކާފައިވާ ހިއްސާގެ ރައުސްމާލުގެ ގޮތުގައި 367,5 މިލިއަން ރުފިޔާ ރެކޯޑުކޮށްފައިވާއިރު، މި އަހަރުގެ ތެރޭގައި ސަރުކާރުން ހިއްސާގެ ގޮތުގައި ދޫކުރި 4.5 މިލިއަން ރުފިޔާ ކުންފުނިން ރެކޯޑުކޮށްފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، މި މުއާމަލާތްތަކާ ގުޅިގެން ކަމާބެހޭ މިނިސްޓްރީއާއެކު ކުރެވިފައިވާ މުއާމަލާތްތަކުގެ އެއްވެސް ލިޔެކިޔުމެއް ނުވަތަ ކަށަވަރުކޮށްދޭ ލިޔުމެއް ނެތުމާއި، ކުންފުނީގެ ހިއްސާ ރަޖިސްޓްރީ ކުރުމުގެ ސެޓިފިކެޓުތައް ލިބެން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ސަބަބުތަކާ ހުރެ، އެ އަދަދުތަކުގެ ސައްހަކަމާއި އަގު ކަނޑައަޅާފައިވާ ގޮތާ ގުޅޭގޮތުން އެކަށޭނަ އޮޑިޓް ހެއްކެއް ލިބިފައިނުވާތީ، 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށް އެއްވެސް އިސްލާހެއް ގެންނަންޖެހޭތޯ ކަނޑައެޅުމަށް އުޒުރުވެރިވެފައިވާ ކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ކައްދޫ އެއާޕޯޓަށް ގެއްލުންވަމުން ގޮސްފައިވާއިރު އަދުގެ ސަރުކާރުން ވަނީ، މިދިޔަ އަހަރު ކައްދޫ އެއާޕޯޓް، ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމަޕެނީ ލިމިޓެޑާއި ހަވާލުކޮށްފައެވެ.

ސަރުކާރުން ބުނެފައިވަނީ ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ކައްދޫ އެއާޕޯޓް ތަރައްޤީކޮށް ނިންމާލެވޭނެ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކާނީ ކައްދޫގައި ހުރި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭ ގޮތަށް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ކޮމެންޓް
ރަންނަ
2 ވަނަ އެއާޕޯޓް އެޅީމާ ފައިދާވާނެ. މޮޔަގޮވަނީ ހަމަ
18 Aug 2026
އަލިފު
ކުރީ ސަރުކާރުގެ އިހުމާލުން އަތޮޅުގައޮތް ރިސޯޓްތަކަށް ސީޕްލޭން އަޅަންފެށީ. ކިހާ ބޮޑު ގެއްލުމެއް. ކައްދޫ އެއަރޕޯޓަކީ ސަރުކާރުތަކުން ތަރައްގީ ނުކޮށް އިހުމާލުވެފަވާތަނެއް.
18 Aug 2026
ކައްދޫ
މަ އެކަނިތަ ބޮޑު ދަރަނީގަ ހިންގާ ކުންފުންޏަކަށް އޮތީ.
18 Aug 2026
ފިކުރު
އެއަރޕޯޓަށް 39 އަހަރު. ހިންގާ ކުންފުންޏަށް 5 އަހަރު.
18 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.