-
ހަބަރު
19 Aug 2026 | 11:20
މަސްތުވެގެން ހުރުމުން ވަކިކުރި ފުލުހަކަށް ބަދަލު ދިން މިންވަރު ކުޑަކުރުމުން ސުޕްރީމް ކޯޓަށް

ޑިއުޓީގައި ހުއްޓާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެގެން ވަޒީފާއިން ވަކިކުރި ފުލުހަކަށް ބަދަލުގެ ގޮތުގައި ދޭ މިންވަރު ހަ މަހުން އެއް މަހަށް ކުޑަކުރަން ހައިކޯޓުން ނިންމި ނިންމުން އެ ފުލުސް މީހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މެރިން ޕޮލިސް ޑިޕާޓްމަންޓްގެ ކުރީގެ ޗީފް ސްޓޭޝަން އިންސްޕެކްޓަރެއްގެ ގޮތުގައި ވަޒީފާ އަދާކުރި މި މީހާ ވަޒީފާއިން ވަކިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޑިއުޓީގައި ހުއްޓައި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ބުނެ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ވަޒީފާ އިޢާދަކޮށްދީ މުސާރައާއި ޢިނާޔަތްތައް ހޯދުމަށް އެދި އޭނާ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލް ކޯޓުން ކަނޑައެޅީ ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުން ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ޙަވާލުކުރިކަން ސާބިތު ނުވާތީ ބަދަލެއްގެ ގޮތުގައި ހަ މަސް ދުވަހުގެ މުސާރައާއި ޢިނާޔަތަށް ޖެހޭ 126,934.80 ރުފިޔާ ދައުލަތުން ދިނުމަށް އެ ކޯޓުން އެންގިއެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ފަނޑިޔާރުންގެ އިއްތިފާޤުން ނިންމީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތް ޙާލަތެއްގައި ހަމައެކަނި އިޖުރާއީ ޚިލާފެއް ހުރި ނަމަ ދޭންޖެހޭނީ ސުޕްރީމް ކޯޓުގެ އުސޫލުތަކާ އެއްގޮތަށް ރަމްޒީ ބަދަލެއް ކަމަށެވެ.

އެހެންކަމުން ހަ މަހުގެ މުސާރައިގެ ބައި ބާޠިލުކޮށް ވަކިކުރި އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން އެއް މަސް ދުވަހުގެ އަދަދެއް ދިނުމަށް ހައިކޯޓުން ޙުކުމް ކުރިއެވެ.

ހައިކޯޓުގެ ނިންމުމަށް ދެ އަހަރު ފާއިތުވި ފަހުން މި މައްސަލަ މިހާރު  ސުޕްރީމް ކޯޓަށް ހުށަހެޅާފައިވާއިރު، ޢާންމު އުސޫލުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ މުއްދަތަކީ 30 ދުވަސްކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.