ތެވެލި ކޮންފަރެންސް ފެށުން - ފޮޓޯ/ އެމްއެންޔޫ
ހަބަރު
19 Aug 2026 | 12:04
އެމްއެންޔޫގެ ނުވަ ވަނަ ތެވެލި ކޮންފަރެންސް ފަށައި، ފުރަތަމަ ފަހަރަށް ޕްރޮފެސަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ދިރާސާ މަހާސިންތާ ކަމަށްވާ ނުވަ ވަނަ ތެވެލި ކޮންފަރެންސް އިއްޔެ ރަސްމީކޮށް ފައްޓަވައިދެއްވައި އެ ޔުނިވަރސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮފެސަރު އަދި އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އަހަރުގެ ކޮންފަރެންސް ޚާއްޞަކޮށްފައި ވަނީ "21 ވަނަ ޤަރުނުގެ ބަދަލުވަމުންދާ އީޖާދުތައް: ސައިންސް ޓެކްނޮލޮޖީ އަދި މުޖުތަމަޢު" މި ޝިޢާރުގެ މައްޗަށެވެ. ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އެމްއެންޔޫގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޝައުގީއާއި ވައިސް ޗާންސެލަރާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި ކައުންސިލް މެންބަރުންގެ އިތުރުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޢިއްޒަތްތެރި މަންދޫބުންނާއި ކީނޯޓް ސްޕީކަރުން އަދި ދިރާސާވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ވަނީ ޝަރަފުވެރި މެހެމާން މެޑަމް ސާޖިދާ މުޙައްމަދު ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަކީ ޔުނިވަރސިޓީގެ ޢާއިލާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ފާހަގަކުރައްވައިފައެވެ. ވައިސް ޗާންސެލަރ ވިދާޅުވީ "ތެވެލި" ނަމުން ރަމްޒުކޮށްދޭ ފަދައިން އިރުގެ ދޯދިތައް ކަނޑުގެ ސަތަޙައަށް އެޅި ފެތުރިގެންދާ ބީދައިން ކޮންފަރެންސްގައި ހިއްސާކުރެވޭ ޢިލްމަކީ ރާއްޖެއާއި މުޅި ދުނިޔެއަށް ފައިދާކުރާނެ އަލިގަދަ ޢިލްމަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔެއަށް އަންނަ ބަދަލުތަކާއި ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ޖިއޮގްރަފީގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އަމިއްލަ ދިރާސާތަކުގެ މުހިންމުކަން ފާހަގަކުރައްވައި ދިރާސާކުރުމުގެ ދާއިރާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުން ދެއްވާ ޚާއްޞަ އަހައްމިއްޔަތަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ހަމައެއާ އެކު ޔުނިވަރސިޓީގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕްރޮފެސަރު އަދި އެސޯސިއޭޓް ޕްރޮފެސަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލެވިފައިވާކަން އިޢުލާންކުރައްވައި 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ފެކަލްޓީއެއްގައި މަދުވެގެން އެއް ޕީއެޗްޑީ ޕްރޮގްރާމް ހިންގުން އަމާޒެއް ކަމުގައި ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

ޝަރަފުވެރި މެހެމާން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ ޓެކްނޮލޮޖީގެ ކުރިއެރުމާ އެކު އީޖާދުތަކުގެ އަސްލު މަޤްޞަދަކަށް ވާންވާނީ މުޖުތަމަޢަށް ހެޔޮ ބަދަލުތައް ގެނެސްދިނުން ކަމަށެވެ. ޒުވާނުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބައެއްގެ ބަދަލުގައި އެ ތަކެތި އަމިއްލައަށް އުފައްދާ ބަޔަކަށް ވުމަށާއި މި ދާއިރާގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް އެކަމަނާ ގޮވާލެއްވިއެވެ. ހަމައެހެންމެ ދިރާސާތައް ހަމައެކަނި ކަރުދާހެއްގެ ގޮތުގައި ނުބާއްވައި ޢަމަލީ މައިދާނުގައި މީހުންގެ ދިރިއުޅުމަށް ފައިދާކުރާ އެއްޗަކަށް ހެދުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސާރޗް އެންޑް އެންޓަރޕްރައިސް) ޑޮކްޓަރ ރަޙީމާ ޢަބްދުއްރަޙީމް ދެއްކެވި ވާހަކަފުޅުގައި މިއަދު އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ކޮންފަރެންސް އިންތިޒާމުކުރުމުގައި ޙިއްޞާވި އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮންފަރެންސްގެ މަޢުލޫމާތު ދެއްވަމުން ޑީން އޮފް ރިސާރޗް ޑޮކްޓަރ މަރިޔަމް ޝަހުނީޒާ ނަސީރު ވިދާޅުވީ މި އަހަރުގެ މަހާސިންތާއަށް 364 ދިރާސާ ކަރުދާސް ހުށަހެޅުނު ކަމަށާއި އޭގެ ތެރެއިން 208 ކަރުދާސް ބަލައިގެންފައިވާ ކަމަށެވެ. ދުނިޔޭގެ ފަސް ބައްރުގެ 23 ޤައުމަކުން 70 ކަރުދާސް ހުށަހެޅި އިރު ޖުމްލަ 435 ފަރާތަކުން ކޮންފަރެންސްގައި ބައިވެރިވެފައިވެއެވެ. މަލްޓި ޑިސިޕްލިނަރީ 11 ސަބް ތީމެއް ހިމެނޭ މި ކޮންފަރެންސްގައި އަންޑަރގްރެޖުއޭޓް ދަރިވަރުންގެ ދިރާސާ ސިމްޕޯޒިއަމަށް ފުރިހަމަ އެއް ދުވަސް ޚާއްޞަކޮށްފައިވެއެވެ.

މި މަހާސިންތާގެ ކީނޯޓް ސްޕީކަރުންގެ ގޮތުގައި ޑޮކްޓަރ ޝޯން މެކްމިން އާއި ޕްރޮފެސަރ ޑޮކްޓަރ މުޙައްމަދު މިޒާން އަސްލަމް އާއި ޕްރޮފެސަރ އެލިސްޓާ ޖޯންސް އާއި އެސޯސިއޭޓް ޕްރޮފެސަރ ޑޮކްޓަރ ސަކްތީ އަޤްލީމާ އަޙްމަދު އަދި ޑޮކްޓަރ ޙަސަން ޝަފީޢު ހިމެނިވަޑައިގެންނެވިއެވެ. ކޮންފަރެންސްގައި ދިރާސާވެރިންނާއި ދަރިވަރުންގެ މަސައްކަތް އަގުވަޒަންކޮށް އެވޯޑު ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ