ޕާކިސްތާން.. ފޮޓޯ: ވަރލްޑް ބޭންކް
ދުނިޔެ
20 Aug 2026 | 16:49
ޕާކިސްތާނުގެ ފެޑެރަލް ދަރަނި 83.6 ޓްރިލިއަން ރުޕީސްއަށް އަރައިފި

އާމްދަނީ ބޮޑުތަނުން އިތުރުވެ، އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ ޕްރޮގްރާމްތަކުގެ ދަށުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނުގެ ފެޑެރަލް ސަރުކާރުގެ ދަރަނި 75 އިންސައްތަ އިތުރުވެ، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 83.6 ޓްރިލިއަން ރުޕީސްއަށް އަރައިފިއެވެ.

ސްޓޭޓް ބޭންކް އޮފް ޕާކިސްތާނުން ނެރުނު ދަރަނީގެ މައުލޫމާތުތަކަށް ބަލާއިރު، ނިމިދިޔަ މާލީ އަހަރު ނިމުނުއިރު ސަރުކާރުގެ ސީދާ ދަރަންޏަށް ވަނީ 5.8 ޓްރިލިއަން ރުޕީސް (%7.3) އިތުރުވެފައެވެ. މި އަދަދުގެ ތެރޭގައި އައި.އެމް.އެފް އިން ނަގާފައިވާ ލޯނުތަކާއި މަރުކަޒީ ބޭންކުގެ ބެލެންސް ޝީޓުގައި ހިމެނޭ ބައެއް އެހެން އިލްތިޒާމްތަކެއް ނުހިމެނެއެވެ.

2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޮތް ދަރަންޏާ އަޅާބަލާއިރު، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެކަނިވެސް ސަރުކާރުގެ ދަރަންޏަށް ވަނީ 35.8 ޓްރިލިއަން ރުޕީސް އިތުރުވެފައެވެ.

ނަމަވެސް، ވޭތުވެދިޔަ މާލީ އަހަރު އެމެރިކާ ޑޮލަރާ އަޅާބަލާއިރު ޕާކިސްތާނު ރުޕީސްގެ އަގު ވަރުގަދަވުމާއި، މާލީ ވުޒާރާއިން ސިވިލް ސަރުކާރުގެ ހަރަދުތައް ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، ދަރަނި އިތުރުވި ނިސްބަތް ކުރީ އަހަރުތަކަށްވުރެ ކުޑަތަންކޮޅެއް ލަސްވެފައިވާކަން ފާހަގަކުރެވެއެވެ.

މަރުކަޒީ ބޭންކުގެ ރިޕޯޓްތައް ދައްކާގޮތުން އެތެރޭގެ ދަރަނި 2025 ވަނަ އަހަރުގެ ޖޫން މަހު އޮތް 54.5 ޓްރިލިއަން ރުޕީސްއިން، މާލީ އަހަރު ތެރޭގައި ވަނީ 59.5 ޓްރިލިއަން ރުޕީސްއަށް އިތުރުވެފައެވެ. މިއީ 5 ޓްރިލިއަން ރުޕީސްގެ އިތުރުވުމެކެވެ. ބޭރުގެ ދަރަނި ވަނީ 23.4 ޓްރިލިއަން ރުޕީސްއިން 24.2 ޓްރިލިއަން ރުޕީސްއަށް އިތުރުވެފައެވެ. މިއީ 783 ބިލިއަން ރުޕީސްގެ އިތުރުވުމެކެވެ.

ޕާކިސްތާނުގެ ބަޖެޓުގެ 42 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ މިންވަރެއް ދަރނީގެ އިންޓްރެސްޓް ދެއްކުމަށް ހޭދަވާތީ، އިގްތިސާދުގެ އުފެއްދުންތެރި ދާއިރާތަކަށް ހަރަދުކުރުމަށް އޮތް ޖާގަ ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ކުރިއަށް އޮތް މާލީ އަހަރަށް އެކަނިވެސް ދަރަނި އަދާކުރުމަށް 8 ޓްރިލިއަން ރުޕީސްއަށްވުރެ ބޮޑު އަދަދެއް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ