ބަންގްލަދޭޝްގެ ރައީސް އަލަމްގީރު-
ދުނިޔެ
21 Aug 2026 | 12:42
ބަންގްލަދޭޝްގެ ރައީސް ކަމަށް އަލަމްގީރު އިންތިޚާބުކޮށްފި

ބަންގްލަދޭޝްގެ ވެރިކަންކުރާ ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ގެ ލީޑަރު މިރުޒާ ފަޚްރުލް އިސްލާމް އަލަމްގީރު އެގައުމުގެ ރައީސް ކަމަށް އިންތިޚާބު ކޮށްފިއެވެ. 

ބަންގްލަދޭޝްގެ ގާނުނު ހަދާ މަޖިލީހުން އަލަމްގީރު އެ މަގާމަށް އިންތިޚާބު ކުރީ، ކުރީގެ ރައީސް ޞިއްޙީ ސަބަބުތަކާ ހުރެ މުއްދަތު ހަމަނުވަނީސް އިސްތިޢުފާ ދެއްވުމާ ގުޅިގެންނެވެ. 

ޢުމުރުން 78 އަހަރުގެ އަލަމްގީރު ރައީސްކަމަށް ހޮވުނީ ޕާލަމެންޓުގެ 255 ވޯޓު ކާމިޔާބުކޮށްގެންނެވެ. ޖަމާޢަތެ އިސްލާމީ އިސްވެ އޮތް 11 ޕާޓީގެ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ޗެއާމަން އަދި ރިޓަޔާޑް އާމީ ކާނަލް ޢުމުރުން 84 އަހަރުގެ ޢޮލީ އަޙްމަދަށް ލިބުނީ 88 ވޯޓެވެ.

ބީއެންޕީ ވެރިކަމަށް އައީ 2024 ވަނަ އަހަރު ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން ޝައިޚް ހަސީނާގެ އަވާމީ ލީގު ސަރުކާރު ވެއްޓުމަށް ފަހު ބޭއްވި ޢާންމު އިންތިޚާބުގައި ޕާލަމެންޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ހޯދައިގެންނެވެ. ފެބްރުއަރީ 12 ގައި ބޭއްވި އެ އިންތިޚާބަށް ފަހު ޠާރިޤް ރަޙުމާން ބޮޑުވަޒީރުކަމަށް އިންތިޚާބުކޮށްފައިވެއެވެ.

ކުރީގެ ރައީސް މުޙައްމަދު ޝަހާބުއްދީނު ޢުމުރުން 76 އަހަރުގައި ދައުރު ހަމަވުމުގެ ދެ އަހަރު ކުރިން ޖުލައި 24 ގައި އިސްތިޢުފާ ދިނީ ބޮޑު ބައްޔެއް ތަޙައްމަލު ކުރަމުންދާ ކަމަށް ބުނެއެވެ. ޤާނޫނުއަސާސީ ލާޒިމުކުރާ ގޮތުން 90 ދުވަހުގެ ތެރޭގައި އައު ރައީސަކު އިންތިޚާބުކުރަން ޖެހެއެވެ.

އަލަމްގީރު ބީއެންޕީ އާ ގުޅުނީ 1990 ގެ ކުރީކޮޅުއެވެ. ހަސީނާގެ ވެރިކަމުގެ ދުވަސްވަރު ޤައުމީ ފެންވަރުގައި އެންމެ ފާހަގަކޮށްލެވޭ ލީޑަރުންގެ ތެރޭގައި ހިމެނުނު އަލަމްގީރު ތަކުރާރުކޮށް ހައްޔަރުކުރެވުނެވެ. އެ ހައްޔަރުތަކަކީ ސިޔާސީ ބޭނުމުގައި ކުރި ކަންކަން ކަމަށް އޭނާ ބުނެފައިވެއެވެ. އެންމެ ފަހުން އޭނާ ހުރީ ލޯކަލް ގަވަމެންޓް ވަޒީރުގެ މަގާމުގައެވެ. އޭގެ ކުރިން ދަނޑުވެރިކަމާއި އޭވިއޭޝަނާއި ޓޫރިޒަމް ހިމެނޭ ގޮތަށް ގިނަ ވުޒާރާތަކެއް ބެލެހެއްޓެވެ.

ބަންގްލަދޭޝްގެ ރައީސްކަމަކީ ރަމްޒީ މަގާމެއް ކަމަށް ވިޔަސް ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ޢަސްކަރިއްޔާގެ ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތު އެ މަގާމުގައި އޮވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ