ރޭ އޮތް ދެ ރަސްމިއްޔާތު --
ރިޕޯޓް
21 Aug 2026 | 15:14
ކިތަންމެ ހާއްސަވިޔަސް ވަރިހަމަ؛ އަތޮޅުތެރެވީމަ ސްޓޭޓް، މާލެއަށް މިނިސްޓަރު

އަތޮޅުތަކުގެ ރަށްތަކާއި މާލެއާ ތަފާތު ކުރުން ގެންގުޅޭ ވާހަކަ އަކީ ޒަމާންވީ ވާހަކަ އެކެވެ. އެކަމަކު އަދިވެސް ނިމުމެއް ނެތް ވާހަކަ އެކެވެ. ބައެއް ދުވަސްވަރު އެ ތަފާތުކުރުންތައް އިތުރަށް ބޮޑު ކަމަށް ގަބޫލުކުރެވެ އެވެ. ބައެއް ވެރީން, ބައެއް ވަޒީރުން އެ ތަފާތުކުރުންތައް އަދި މާބޮޑަށް ގެންގުޅޭ ކަމަށް ވެސް ދެކެވެ އެވެ.

އެ ތަފާތުކުރުން އެންމެ ބޮޑަށް ފެންނަ އެއް ދާއިރާއަކީ ތައުލީމީ ދާއިރާ އެވެ. އަތޮޅުތެރޭގެ ސުކޫލެއްގައި ކިތަންމެ ކުލަގަދަ ހަފްލާއެއް އޮތަސް މިނިސްޓަރަކަށް ވަޑައިގެންނެވޭ ގޮތެއް ނުވެ އެވެ. އަބަދުވެސް ވާ ވަރަކީ މިނިސްޓަރުގެ މަންދޫބެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރު ނުވަތަ ކޮންމެވެސް ނައިބަކު ފޮނުއްވުމެވެ. އެއީ ތައުލީމީ ދާއިރާގެ ކިތަންމެ ހާއްސަ މުނާސަބަކަށްވިޔަސް ވެހެވެ.

ރެ އަކީ އެފަދަ ރެ އެކެވެ. ތުޅާދޫ ސުކޫލަށް 90 އަހަރު ފުރުމުގެ މުނާސާބާ ފާހަގަކުރުން އޮތީ ރެ އެވެ. ތުޅާދޫ ސުކޫލުގައި ކުލަގަދަ ރަސްމިއްޔާތެއް އޮތެވެ. ޖަލްސާއަށް މުޅި ރައްޔަތް ޖަމާވެފައި އޮތެވެ. ސުކޫލުން ބޭނުންވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމެވެ. ތުޅާދޫގެ އެދުމަކީ ވެސް އެއީ އެވެ.

ނަމަވެސް ތުޅާދޫއަށް ލިބުނީ މިނިސްޓަރުގެ ބަދަލު ބޭފުޅެކެވެ. ސްޓޭޓް މިނިސްޓަރެކެވެ. މިނިސްޓަރުގެ މަސައްކަތްޕުޅު ބުރަވެ ތުޅާދޫއަށް ވަޑައިގެންނެވުމަށް ދަތިފުޅުވީ އެވެ. ނަމަވެސް މަސައްކަތްޕުޅު ބުރަވެ ތުޅާދޫއަށް ވަޑައިގެންނެވުމަށް ދަތިފުޅުވީ މިނިސްޓަރު ރޭ އިންނެވީ ހިރިޔާ ސުކޫލުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ޝަރަފުވެރި މެހެމާނަކަށް ވަޑައިގެންނެވެ. ދެން އެ މިނިސްޓްރީގައި ތިއްބެވިނަމަ ތިއްބެވިހާ ސްޓޭޓް މިނިސްޓަރުންނާއި ނާއިބުންނާ އެކު އެވެ.

ޝަފީއު، ރޭ ހިރިޔާަގައި އޮތް ރަސްމިއްޔާތުގައި

މާލޭގެ ސުކޫލަކަށް ވަޑައިގަންނަވަން ވީމަ މަސައްކަތްޕުޅު ލުއިވީ އެެވެ. 

ރާއްޖޭގެ ސުކޫލަކަށް 90 އަހަރު ފުރުމަކީ އާދައިގެ ކަމެއް ނޫނެވެ. ރާއްޖޭގެ އެންމެ ދޮށީ ސުކޫލަށް އަދި 100 އަހަރު ނުފުރެ އެވެ. މަޖީދިއްޔާއަށް އެ ދަނީ 100 އަހަރު ފުރޭށެވެ. އެކަމުގެ މުނާސަބާ ފާހަގަކުރުން ދެތީން އަހަރު ކުރީން އެ ވަނީ ފެށިފަ އެވެ. 100 އަހަރު ވަންދެން އެކި ހަރަކާތްތައް އޮތީ ރޭވިފަ އެވެ. އެއީ އެކަން ހާއްސަވީމަ އެވެ. ހާއްސަ ވާން ވެސް ޖެހެ އެވެ. 

ނަމަވެސް ތުޅާދޫ ސުކޫލަށް 90 އަހަރު ފުރުން އެވަރަށް ހާއްސައެއް ނުވި އެވެ. ހާއްސަވީނަމަ އެވަރުގެ އަހަންމިއްޔަތު ކަމެއް އެޑިއުކޭޝަން މިނިސްޓަރާއި އެ މިނިސްޓްރީން ދިނީހެވެ. ހަގީގަތަކީ މިއީ ހުރިހާ މަސައްކަތް އެއްކައިރިކޮށް ވަގުތު ހޯއްދަވައިގެން މިނިސްޓަރު ޝަފީއު ވަޑައިގަންނަވަން ޖެހޭ ރަސްމިއްޔާތެއް ކަމެވެ. އެވަރުގެ ވިސްނުންތެރިކަމާއި އެ އަހަންމިއްޔަތުކަން ދެވެން ނެތް ބޭފުޅަކު އެޑިއުކޭޝަން މިނިސްޓަރަކަށް ތަސައްރަފު ފުދޭއޭ ބުނެވޭނެ ހަމައެއް ނެތެވެ.

ޝަފީއު، ރޭ ހިރިޔާަގައި އޮތް ރަސްމިއްޔާތުގައި

އަނެއްކޮޅުން މިއީ ލަދުވެތި ވެސް ކަމެކެވެ. ތައުލީމީ މުއައްސަސާއަކަށް 90 އަހަރު ފުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަން ވަޑައިނުގެން އެހެން ސުކޫލެއްގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާއަށް ވަޑައިގަތުމަކީ އެޑިއުކޭޝަން މިނިސްޓަރު ލަދުވެތިވާން ޖެހޭނެ ކަމެކެވެ. ސާފު ބަހުން ވިދާޅުނުވި ނަމަވެސް އަމަލުން އެ ދައްކައިދެވުނީ މާލެއާ އަތޮޅުތެރެ ތަފާތު ކުރުމުގެ މިސާލެކެވެ. އެކަން އެގޮތުގައި ދެމި އޮތް ކަމެވެ. 

މިއީ ނިމުމަކަށް އަންނަން ޖެހޭ ކަމެކެވެ. ހާއްސަވާންވީ މާލެ ނޫނީ އަތޮޅުތެރެ ވެގެނެއް ނޫނެވެ. ހާއްސަ ވާންވީ ފާހަގަކުރެވޭ މުނާސަބަތެކެވެ. އެއީ ހާއްސަ މުނާސަބަތެއް ނަމަ ކޮންމެ ތާކު އޮތްނަމަވެސް އިސްކަން އޮންނަން ޖެހެ އެވެ. މާލެ ވެގެން އަތޮޅުތެރެ ވެގެން ތަފާތު ކުރެވިގެން ނުވާނެ އެވެ. ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާ ރަސްމިއްޔާތުތަކަށް އެކަނި ވަޑައިގަންނަވާ ނޫންނަމަ ނުފޫޒުގަދަ މަޖިލީސް މެންބަރަކު ނޫނީ ވިޔަފާރިވެރިއަކު ނޫނީ ސިޔާސީ ވެރިއަކު ދަންނަވައިގެން ނޫނީ އަތޮޅުތެރޭގެ ސުކޫލެއްގައި އޮންނަ ރަސްމިއްޔާތަކަށް ވަޑައިގެންނެވޭ އެޑިއުކޭޝަން މިނިސްޓަރެއްްގެ ބޭނުމެއް މުޅި ރާއްޖެއަކަށް ނެތެވެ. އެފަދަ މިނިސްޓަރަކު ރަނގަޅީ މާލެއަށް އެކަނި ހާއްސަކޮށް ބެހެެއްޓެވުމެވެ.

ކޮމެންޓް
މިނިސްޓަރ
ކުރިން ދަޢުވަތު ދޭތަނަކަށްދޯ މަށަށްވެސް ދެވޭނީ
22 Aug 2026
ގުޅޭ ލިޔުންތައް
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.