އަހާށޭ ބުނާނަން ޕްރޮގްރާމްގައި ފަހްމީ ވާހަކަދައްކަވަނީ... ފޮޓޯ: ދިވެހިރާއްޖޭގެ އަޑު
ހަބަރު
22 Aug 2026 | 18:35
ޤައުމީ ފެންކުންފުނިން ކަނޑުގެ އަޑީގައި ޕްލާންޓް ބަހައްޓައިގެން ފެން އުފައްދަން ތައްޔާރުވަނީ

މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ލިމިޓެޑް، އެމްޑަބްލިޔުއެސްސީން ކަނޑު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ މަޝްރޫއުއެއް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

 ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ގުޅިގެން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤައުމީ ފެންކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ފެން އުފެއްދުމުގެ މަސައްކަތުގެ އައު އީޖާދުތަކާ ކުރިމަތިލުމަށް އެކުންފުނިން ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން ކަނޑުގެ 500 މީޓަރު އަޑީގައި ފެން ޕްލާންޓް ބަހައްޓައިގެން ފެން އުފެއްދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަން ފަހްމީ ވިދާޅުވިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށާނީ އަންނަ އަހަރުގެ މެދުތެރޭގައި ކަމަށްވެސް ފަހްމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި މަސައްކަތް ކުރިއަށްދާނީ ނޯވޭގެ ކަމާބެހޭ ތަޖުރިބާކާރުންނާ ގުޅިގެންކަމަށެވެ. އެގޮތުން އެ ފަރާތްތަކަކީ މިކަމުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތަކެއް ހޯދާފައިވާ ބައެއްކަން ފަހްމީ ފާހަގަކުރެއްވިއެވެ.

ފީސިބިލިޓީ، ޓެކްނިކަލީ އަދިއެންވަޔަރުމަންޓަލް ސްޓަޑީ ހަދާ، ހަދާ މިހުރިހާކަމެއް އަޅުގަނޑުމެން މިހާރު އެބަ ގެންދަން. އޭގެ ޢަމަލީ މަސައްކަތް ފެށޭވަރުވާނެ ގައިގަނޑަކަށް އަންނަ އަހަރުގެ ތެރޭގައި. ފުރަތަމަ އަޅުގަނޑުމެން މިހަދަނީ ފައިނޭންޝަލް ފީސިބިލިޓީ ކިހާވަރެއްގެ އިންވެސްޓްމަންޓެއްތޯ ދާނީ

ފެން ކުންފުނީގެ އެމްޑީ ފަހްމީ

ފަހްމީ ވިދާޅުވީ މި މަސައްކަތް ވެގެންދާނީ މިރޮނގުން ރާއްޖޜގައި ކުރެވޭ ނަމޫނާ އަދި ބިޔަ މަޝްރޫޢުއަކަށް ކަމަށެވެ. ކަނޑުގެ 500 މީޓަރު އަޑިން ނަގާ ލޮނަކީ ބޯހޯލް މެދުވެރިކޮށް ނަގާ ލޮނުފެނަށްބވުރެ މީރު އަދި އުފެއްދުމުގެ ހަރަދުތައްވެސް ކުޑަކަމަށް ފަހްމީގެ ވާހަކާގައި ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ އިތުރުންވެސް އިތުރު މަސައްކަތްތައް ކުރަން ހުރިކަން ފާހަގަކުރައްވަމުން، ސާފު ބޯފެން ރައްކާކުރުމާއި ތިލަމާލެ ބްރިޖް މެދުވެރިކޮށް މާލެ އަދި ހުޅުމާލޭގެ ފެނުގެ ވިއުގަ އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތްތަނުގައި ފެނިގެންދާނޭކަމަށް ފަހްމީ ވަނީ ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.