ެއިންފިނިކާގެ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން..
ހަބަރު
24 Aug 2026 | 19:33
އިންފިނިކާ އެކަޑަމީން ރަށްރަށުގައި ފޮޓޯގްރަފީ ވޯކްޝޮޕް ހިންގުމަށް ހުޅުވާލައިފި

ފޮޓޯގްރަފީ އާއި ކޮންޓެންޓް ކްރިއޭޝަންގެ ޢަމަލީ ތަމްރީނު ޕްރޮގްރާމުތައް އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދިޔުމުގެ ފުރުޞަތު އިންފިނިކާ އެކަޑަމީން ކައުންސިލްތަކާއި ޖަމިއްޔާތަކަށް ހުޅުވާލައިފިއެވެ.

މި ސިލްސިލާގެ އެންމެ ފުރަތަމަ ވޯކްޝޮޕް ބާއްވަން ރާވާފައި އޮތީ މި މަހުގެ 28 އިން 31 އަށް ގއ. ކޮނޑޭގައެވެ. އެ ވޯކްޝޮޕަކީ ކޮނޑޭގެ މުޖުތަމަޢަށް ޚާއްޞަކޮށްގެން ފޮޓޯ ނެގުމުގެ ފަންނީ އުކުޅުތަކާއި ޑިޖިޓަލް ކޮންޓެންޓް އުފެއްދުމާ ގުޅޭ ޢިލްމީ ސެޝަންތައް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.

ެއިންފިނިކާގެ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން..

ފޮޓޯގެ ފެންވަރު ރަނގަޅު ކުރުމުގެ ތަމްރީނުތަކުގެ އިތުރުން މީސްމީޑިއާގައި މުޢާމަލާތް ހަރުދަނާ ކުރުމާ ގުޅޭ ސެޝަނެއް ވެސް ހިމެނޭ އިރު އެ ސެޝަން ނަގައިދޭނީ އެ ދާއިރާގެ ތަޖުރިބާކާރެއް ކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ. މުއައްސަސާތަކާއި ވިޔަފާރިތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށް ވެސް މި ފުރުޞަތުގެ ބޭނުން ހިފޭނެއެވެ.

ެއިންފިނިކާގެ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން..

ޝީޝާ މޯލްޑިވްސް އާއި ރަންފައުންގެ ޕާޓްނާޝިޕާ އެކު ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކޮނޑޭ ކައުންސިލުގެ އެއްބާރުލުން ބޮޑުކަން އިންފިނިކާ އެކަޑަމީން ފާހަގަކޮށްފައިވެއެވެ. ފާއިތުވި ދެ އަހަރު ތެރޭ ރާއްޖޭގެ އެކި ރަށްރަށުގައި މިފަދަ ވޯކްޝޮޕްތައް ކާމިޔާބުކަމާ އެކު ހިންގާފައިވާ އިރު ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ ބޮޑު އެހީތެރިކަމެއް ލިބެމުންދާ ކަމަށް އެ އެކަޑަމީން ބުނެފައިވެއެވެ. މާލެއަށް ދަތުރުކޮށް ބޮޑު ޚަރަދެއް ކުރުމުގެ ބަދަލުގައި އަމިއްލަ ރަށުގައި ތިބެގެން ފަންނީ ހުނަރު ލިބިގަތުމުގެ މަގު މި ހަރަކާތްތަކުން ފަހިވެގެންދާ ކަމަށް ވެސް އެ ފަރާތުން ބުނެފައިވެއެވެ.

މި ވޯކްޝޮޕްތަކާ ގުޅޭ އިތުރު ތަފުޞީލު ބޭނުންވާ ފަރާތްތަކުން އިންފިނިކާ އެކަޑަމީގެ ނަންބަރު 7464640 އަށް ގުޅައިގެން މަޢުލޫމާތު ސާފު ކުރެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.