ރައީސް ޔާމީންގެ ވަކީލުންގެ ޓީމާއި ޑރ.ޖަމީލް ގުޅިވަޑައިގެންފި

25 Jul 2019 | 22:44

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ގުޅިވަޑައިގެންފިއެވެ.

މިކަންވަނީ ރައީސް ޔާމީން ނިސްބަތްވެ ވަޑައިގަންނަވާ ޕީޕީއެމްގެ ފަރާތުންވެސް ޔަގީންކޮށްދެއްވާފައެވެ.

އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ލީގަލް ޓީމާއި ޖަމީލު ގުޅިވަޑައިގެން ޓީމްގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓުވުމަކީ އުފާވެރި ޚަބަރެއް ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި ޑރ.ޖަމީލް ވަނީ ރައީސް ޔާމީނަށް ހޫނު ބަހުގެ ހަަމަލާތަކެއް ދެއްވާފައެވެ. އެބޭފުޅާ އަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ރައީސް ޔާމީންގެ މައްޗަށް މިވަގުތު މަނީ ލޯންޑްރިންގްގެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އެބަ ކުރިއަށްދެއެވެ.

އެ މައްސަލައިގެ އަޑުއެހުމެއް އަންނަމަހުގެ ހަތަރުވަނަ ދުވަހު އޮންނާނެއެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ހެކިންނާއި ސުވާލުކުރުން އޮންނާނެއެވެ.

Advertisement

ކޮމެންޓް