ހޯރަފުށީ ސްކޫލުގެ ދަރިވަރުންނަށް ބޭއްވި ކަރަންޓުގެ ރައްކާތެރިކަމާ ގުޅޭ ސެޝަންތަކުގެ ތެރެއިން-
ހަބަރު
28 Aug 2026 | 16:13
ހޯރަފުށީ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަމާ ގުޅޭ ސެޝަންތަކެއް ބާއްވައިފި

ހއ. ހޯރަފުށީ ސްކޫލުގެ މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ގޭތެރޭގައި ކަރަންޓު ބޭނުންކުރާއިރު ރައްކާތެރިވާނެ ގޮތްތައް ދަސްކޮށްދިނުމުގެ ޚާއްޞަ ސެޝަންތަކެއް ފެނަކަ ކޯޕަރޭޝަނުގެ ހޯރަފުށީ ބްރާންޗާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ބޭއްވި މި ޕްރޮގްރާމު ފަރުމާކޮށްފައި ވަނީ ގްރޭޑް 9 އިން 11 އާ ދެމެދުގެ ދަރިވަރުންނަށް ކަމަށް ފެނަކައިން ބުނެފައިވެއެވެ. ދަރިވަރުން ބާރުވެރިކުރުވައި ދިރިއުޅުމުގެ މުހިންމު ހުނަރުތައް ތަރައްޤީކުރުމަކީ މި ސެޝަންތަކުގެ މައިގަނޑު މަޤުޞަދެވެ.

ކަރަންޓާ ގުޅޭ އަސާސީ މަޢުލޫމާތުގެ އިތުރުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތައް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ. ހަމައެއާއެކު ހަމައެކަނި ތިއަރީ މަޢުލޫމާތަކުން ނުފުއްދައި ޢަމަލީ ގޮތުން ހަރަކާތްތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ވެސް ދަރިވަރުންނަށް ދީފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.

މި ޕްރޮގްރާމު ކާމިޔާބުކަމާ އެކު ހިންގައިދިނުމުގައި ފެނަކަ ހޯރަފުށީ ބްރާންޗުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ހޯރަފުށީ ސްކޫލުން ފާހަގަކޮށް އެ ފަރާތަށް ޝުކުރު އަދާކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Aug 2026
ހޯރަފުށީ ދަރިވަރުންނަށް ކަރަންޓުގެ ރައްކާތެރިކަން ދަސްކޮށްދީފި
ހއ. ހޯރަފުށީ ސްކޫލުގެ ގްރޭޑް 9 އިން 11 ގެ ދަރިވަރުންނަށް ގޭތެރޭގައި ކަރަންޓު ރައްކާތެރިކަމާ އެކު ބޭނުންކުރާނެ ގޮތް ދަސްކޮށްދިނުމުގެ ސެޝަންތަކެއް ފެނަކައާ ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.
28 Aug 2026
އެމްޑަބްލިޔުއެސްސީގެ އައު އޮޑިޓޯރިއަމް ހުޅުވައިފި؛ އެމްޑީގެ ޝުކުރު މުވައްޒަފުންނަށް
އެމްޑަބްލިޔުއެސްސީން ބުނީ، މި އައު އޮޑިޓޯރިއަމަކީ އެއްފަހަރާ 425 މީހުންނަށް އިށީނދެވޭނެ ޖާގައިގެ ތަނެއް ކަމަށެވެ. އަދި މިތަނުގައި ޚާއްޞަ ބޯޑްރޫމަކާއި، ކޭޓަރިންގ ފެސިލިޓީސްގެ އިތުރުން އެންމެ ޒަމާނީ ވަޞީލަތްތައް ޤާއިމުކޮށްފައިވާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
28 Aug 2026
މައިންބަފައިންނަށް އިހްސާންތެރިވުމަކީ ޢުމުރުގައި ބަރަކާތް ލެއްވޭ ކަމެއް
މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.
28 Aug 2026
”ޑޮލަރުން މުސާރަ ދިނުމަށް ހުރަހެއް ނެތް“
ބޭރު ފައިސާއާ ބެހޭ ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން އިސްލާހު ކުރި ނަމަވެސް ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުމަށް ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އެމްއެމްއޭ އިން ބުނެފިއެވެ.
28 Aug 2026
ފަލަސްޠީނުގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ވަރުގަދަކުރުމަށް ރާއްޖެއިން ގޮވާލައިފި
އިސްތިއުމާރީ އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ހިޞާރުކުރަމުންދާ މައްސަލަ ކުށްވެރިކުރައްވައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުން ފަލަސްޠީނުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.
28 Aug 2026
ސެޕްޓެމްބަރު މަހުގައި މުޅިރާއްޖޭގެ ހޫނުމިން އާއްމުކޮށް ހުންނަ ވަރަށްވުރެ މަތި ވާނެ
ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މުޅި ރާއްޖޭގެ ހޫނުމިންވެސް އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން ލަފާކޮށްފިއެވެ.
28 Aug 2026
ފުރާވަރުގެ ކުދިންނަށް ފޭސްބުކާއި އިންސްޓަގްރާމްގައި ގިނަ ލިމިޓްތަކެއް
މި އައު ޚިދުމަތްތަކުގެ ތެރެއިން ގިނަ ކަންކަން ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ޑިފޯލްޓްކޮށް ނުވަތަ އިޚްތިޔާރީ ފީޗާއެއްގެ ގޮތުގައި ފުރާވަރު ކުދިންނަށް ލިބެން ފަށާނެއެވެ. އެހެންނަމަވެސް، ޕްލެޓްފޯމް ބޭނުންކުރަނީ ކުޑަކުދިންތޯ ދެނެގަތުމަށް މެޓާއިން އަޅާ އައު ފިޔަވަޅުތައް ފުރިހަމައަށް ތަންފީޒުކުރަން އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.
27 Aug 2026
ގޭސް ލީކުވެ މީހަކު ނިޔާވި ހާދިސާ: ހާލު ދެރަވި ޒުވާނާ އަންނަނީ ރަނގަޅުވަމުން
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާގެ ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.