އެންސްޕާ- ފޮޓޯ/ މިހާރު
ހަބަރު
30 Aug 2026 | 11:11
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެންސްޕާއިން އެދިއްޖެ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.

އެންސްޕާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުގައި، އިޖްތިމާޢީ ރައްކާތެރިކަމުގެ ޢާންމު ޤަވާއިދުގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންނަށް އެހީ ދެވޭނީ 2 އަހަރު ދުވަހުގެ މުއްދަތަށެވެ.

އެހެންކަމުން، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން، 2026 ނޮވެންބަރު 30 ގެ ކުރިން 'ވަންގޮވް' (https://one.gov.mv) ޕޯޓަލް މެދުވެރިކޮށް އަލުން ފޯމު ހުށަހަޅަން ޖެހޭނެއެވެ.

މިގޮތުން އަލުން ފޯމު ހުށަހަޅަން ޖެހޭ އެހީގެ ބާވަތްތަކަކީ:

- ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ.

- ފަޤީރު ޙާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީ.

- ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ.

އެންސްޕާއިން އިތުރަށް ބުނީ، ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް ހުށަހެޅުމުން އެހީ ދިނުމުގައި ޢަމަލުކުރާ އުޞޫލުތަކާއި މިންގަނޑުތަކަށް އަލުން ރިޢާޔަތްކުރުމަށް ފަހުގައި ކަމަށެވެ.

މިކަމާ ގުޅޭގޮތުން އެއްވެސް އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން ނަންބަރު 1402 އަށް ގުޅުމަށް އެ އެޖެންސީން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
30 Aug 2026
އިންޖިނިއަރިންގެ ދާއިރާތަކުން ދިރާސާކުރެވޭ ޒަމާނީ ލެބޯޓަރީއެއް ރާއްޖޭގައި
‏އިންޖިނިއަރިންގގެ އެކިއެކި ދާއިރާތަކުން ރިސަރޗްތައް ކުރެވޭ، ސްޓޭޓް އޮފް ދި އަރޓް ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭގޮތަށް، ޢިމާރާތެއް ބިނާކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބޭ ފަރާތްތަކުން އަލުން ރަޖިސްޓަރީވާން އެދިއްޖެ
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުންގެންދާ އިޖުތިމާޢީ ރައްކާތެރިކަމުގެ އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކުން އަލުން ފޯމު ހުށަހެޅުމަށް (ރީ-ރަޖިސްޓަރީ ވުމަށް) އެ އެޖެންސީން ހުޅުވާލައިފިއެވެ.
30 Aug 2026
އެމްއޭސީއެލުން އެއާޕޯޓުގެ ފަންނީ ދާއިރާތައް ކުދިންނަށް ދައްކާލައިފި
އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލުން ހަތް ދާއިރާއެއްގެ ފަންނީ މަސައްކަތް ދައްކާލައި، އިންޖިނިއަރިންއަށް ކުދިންގެ ޝައުޤު އުފެއްދުމަށް މަސައްކަތްކޮށްފައިވެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަކީ ދެ ޤައުމުގެ އިތުބާރާއި އެކުވެރިކަމުގެ ދެމިއޮންނާނެ ރަމްޒެއް
މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅުވައިދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް (ސިނަމާލެ ބްރިޖް) އަކީ ހަމައެކަނި އުމްރާނީ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި އެކުވެރިކަމުގެ ތެރެއިން ހާސިލުކުރެވޭނެ ކަންކަމުގެ ދެމިއޮންނާނެ ރަމްޒެއް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.
30 Aug 2026
ސިނަމާލެ ބްރިޖަށް 8 އަހަރު؛ މި ބްރިޖަކީ އިތުބާރާއި އުންމީދުތަކުގެ ރަމްޒެއް
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ދާއިމީ ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުގެ މެދުގައި އޮތް ބައިވެރިވުން އިތުރަށް ވަރުގަދަކުރުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
30 Aug 2026
ފުރަތަމަ ދެ މެޗުގައި ރޯޑްއެސްއެސްއޭ އާއި ސްޓެލްކޯ ކޭ-38އަށް މޮޅެއް
އދ. މަހިބަދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ސްޓެލްކޯ މަހިބަދޫ އިންޖީނުގޭގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް" ފޯރިއާއެކު ފަށައިފިއެވެ.
30 Aug 2026
ހުރިހާވެސް މައްސަލައަކީ މަގުމަތީގެ ޤަވާއިދުތަކަށް އިހުމާލު ވުމެވެ
މަގުތައް މަތީ ކިތަންމެ ވަރަކަށްވެސް ސްޕީޑް ބްރޭކަރު ހަރުކުރެވިދާނެއެވެ. އަދި ކެމެރާތަކާއި ފުލުހުންވެސް މަގުތަކަށް ނެރެވިދާނެއެވެ. އެކަމު ހަގީގީ މާނާގައި މަގުމަތީގެ އަމާންކަން ގާއިމްކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ އަމިއްލަ އަތްމަތީގައެވެ
29 Aug 2026
ކާރަކުން ސައިކަލެއްގައި ޖައްސައި އެކްސިޑެންޓްކޮށްލުން: ދެ މީހަކަށް އަނިޔާ، ޑްރައިވަރު ހުރީ މަސްތުވެގެން