ވަނަވަނަ ހާސިލް ކުރި ފެތުންތެރިންނަށް އިނާމް ދިނުން-ފޮޓޯ/ ދިރާގު
ވިޔަފާރި
31 Aug 2026 | 10:35
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މުބާރާތުން ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.

ދިރާގުން މަޢުލޫމާތުދިން ގޮތުގައި، 420 އަށްވުރެ ގިނަ ފެތުންތެރިންނާއެކު ވެރިރަށް މާލޭގައި ކުރިއަށްގެންދިޔަ މި މުބާރާތަކީ މިހާތަނަށް މާލޭގައި ބޭއްވުނު އެންމެ ބޮޑު އޯޕަން ވޯޓަރ ފެތުމުގެ ހަރަކާތެވެ. ހުރިހާ އުމުރުފުރާއަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް އޮތް ޝައުގުވެރިކަން އިތުރުކުރުމުގެ އިތުރުން ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

އުމުރުން 6 އަހަރާއި 79 އަހަރާ ދެމެދުގެ އެކި ފެންވަރުގެ ފެތުންތެރިން ވާދަކުރި މި މުބާރާތުގައި 1 ކިލޯމީޓަރު، 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން، މިއަހަރު އަލަށް ތައާރަފްކުރި 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީ ވެގެންދިޔައީ ރަހުމަތްތެރިންނާއި، އާއިލާތަކާއި، އަދި ފެތުމުގެ ކްލަބުތަކަށް އެކުގައި ޓީމެއްގެ ގޮތުގައި ވާދަކޮށްލަން ލިބުނު ފުރިހަމަ ފުރުސަތަކަށެވެ.

މި މުބާރާތުން ހޮވުނު މުހިންމު ވަނަތަކަށް ބަލާއިރު:

މުޅި މުބާރާތުން:

އެންމެ މޮޅު އަންހެން އެތުލީޓް: އަޔެޝާ ޒާޔާ ހުސައިން

އެންމެ މޮޅު ފިރިހެން އެތުލީޓް: އިބްރާހަމް ޔުއާން ޝަމީމް

އެންމެ މޮޅު ސްވިމިންގ ކްލަބް: މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން (އެމް.އެލް.އޭ)

1 ކިލޯމީޓަރުގެ ކެޓަގަރީ:

އަންހެން ބައި: އެއްވަނަ: މެރަލް އައިން ލަތީފް، ދެވަނަ: އަލްޔާ އަޝްރަފް، ތިންވަނަ: އައިޝަތު އަލީނާ ޝާހިދު

ފިރިހެން ބައި: އެއްވަނަ: އިބްރާހިމް ޔުއާން ޝަމީމް، ދެވަނަ: ޔޫސުފް ޒިޔާން ޒާހިދު، ތިންވަނަ: އިޒްޔާން ނާޒިމް

500 މީޓަރުގެ ކެޓަގަރީ:

އަންހެން ބައި: އެއްވަނަ: އަޔެޝާ ޒާޔާ ހުސައިން، ދެވަނަ: ފާތިމަތު ލައްޔާހް ޝާހިދު، ތިންވަނަ: އާއިޝަތު އައިޝްކާ ސަމީރު

ފިރިހެން ބައި: އެއްވަނަ: އިބްރާހީމް ޔުއާން ޝަމީމް، ދެވަނަ: މުހައްމަދު އަރާން ޝަމީމް، ތިންވަނަ: ނޫމާން މުހައްމަދު ނަސީފް

ދިރާގުން ފާހަގަކުރި ގޮތުގައި، މި އަހަރުގެ މުބާރާތުން ވެސް ރާއްޖޭގައި އޯޕަން ވޯޓަރ ފެތުމަށް އޮތް ތަރުހީބު އިތުރުވަމުންދާކަން ވަނީ ސާބިތުވެފައެވެ. އެގޮތުން ވޭތުވެދިޔަ އަހަރު 350 ފެތުންތެރިން ބައިވެރިވި އިރު، މިއަހަރު އުންމީދީ ޒުވާނުންނާއި ތަޖުރިބާކާރުން ހިމެނޭހެން 420 އަށްވުރެ ގިނަ ފެތުންތެރިން ވަނީ ވާދަކޮށްފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅައި، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށާއި، ގިނަ ބަޔަކަށް ބައިވެރިވެވޭނެ މިފަދަ ކުޅިވަރު ހަރަކާތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Aug 2026
އިނގިރޭސިވިލާތުގެ ސަފީރުކަމަށް ޖަމީލާ އައްޔަނުކޮށްފި
ޖަރުމަނުވިލާތުގެ ފުރަތަމަ ދިވެހި ސަފީރުކަންވެސް ކުރެއްވި ޖަމީލާ ޢަލީ ޚާލިދު އިނގިރޭސިވިލާތުގެ ސަފީރުކަމަށް ރައީސް މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
31 Aug 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މި އޮޕަރޭޝަންގައި، މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށާ، އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެންތިބި މީހުންވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
31 Aug 2026
ދިރާގު މާލެ އޯޕަން 2026ގެ ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދީފި
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ސްޕޮންސަރކޮށް، ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި "ދިރާގު މާލެ އޯޕަން 2026" ފެތުމުގެ މުބާރާތް ކާމިޔާބުކަމާއެކު ނިންމައިލުމަށްފަހު، އެ މުބާރާތުން ވަނަވަނަ ހާސިލުކުރި ފެތުންތެރިންނަށް އިނާމު ދިނުމުގެ ހަފްލާ ބާއްވައިފިއެވެ.
31 Aug 2026
މެލޭޝިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް މުޢިއްޒު ފޮނުއްވައިފި
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ގުޅުން ބިނާވެފައި އޮތީ އެއް ކަހަލަ އުސޫލުތަކަކާއި އިޙުތިރާމުގެ މައްޗަށް ކަމަށެވެ. އަދި ދެ ޤައުމުގެ ގުޅުން މިހާރު އިތުރަށް ފުޅާވެ، ރައްޔިތުންގެ މެދުގައި ވަރުގަދަ ގުޅުންތަކެއް ޤާއިމުވެފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
31 Aug 2026
ފޭސް 2 ގައި، ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
މިއަދު ހެނދުނު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
31 Aug 2026
ފޯރިގަދަ މެޗުތަކަކަށްފަހު ފެނަކަ އަދި ޕޮލިސް މޮޅުވެއްޖެ
އދ. މަހިބަދޫގައި ފޯރިއާއެކު ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ-އޮފީސް ވޮލީބޯޅަ މުބާރާތް 2026" ގެ ފަސްވަނަ އަދި ހަވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ފެނަކަ އަދި ޕޮލިސް ޓީމުން ކާމިޔާބުކޮށްފިއެވެ.
31 Aug 2026
ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ 49 މަގާމަކަށް ހުޅުވާލައިފި،
އޭގެ ތެރޭގައި ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމު ހިމެނެ އެވެ. ދެން ހިމެނެނީ މެންބަރުންގެ މަޖލީހުގެ 18 މަގާމަކާއި އެ މަޖިލީހަށް އިންތިހާބުކުރާ ޒުވާން 7 މެންބަރުންގެ މަގާމާއި މަޖިލީހުގަައި އަންހެންނަށް ހާއްސަ ކުރެވޭ 10 މަގާމެވެ.
31 Aug 2026
ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ދެނެގެންފި، ލައިސަންސް ހިފަހައްޓާ ޖޫރިމަނާ
ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހުގެ މުއްދަތަށް ވަނީ ޓޯވ ކޮށްފައި