އެކްސިޑެންޓް ހިނގި ސަރަހައްދު- ފޮޓޯ/ ވޮއިސް
ހަބަރު
01 Sep 2026 | 07:29
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ނުވަ އަހަރުގެ ކުއްޖާ ނިޔާވެއްޖެ

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 9 އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ. 

ކުއްޖާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

މި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހޮނިހިރު ދުވަހުގެ ރޭ 21:04 ހާއިރުކަމަށް ފުލުހުން ބުނެފައުވެއެވެ. 

އަދި އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. 

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖާއަށް ކަމަށް ފުލުހުން މައުލޫމާތު ދީފައުވެއެވެ. އެކްސިޑެންޓަށްފަހު ކުއްޖާއަށް ފަރުވާ ދެމުން ދިޔައީ ވެންޓިލޭޓަރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Sep 2026
ގދ. ތިނަދޫ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ފަތިހު 4:11 އެހައިކަންހާއިރުއެވެ.
01 Sep 2026
ވިލާ ކޮލެޖު ކައިރީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ވިލާ ކޮލެޖު ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
01 Sep 2026
އިންޑިއާގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި އަށް ކުޑަކުދިން މަރުވެއްޖެ
އިންޑިއާގެ އުއްތަރް ޕްރަދޭޝްގެ ބަޑިބޭސް ކާރުޚާނާއެއް ގޮވައި އަށް ކުޑަކުދިންނާއި ތިން ބޮޑު މީހަކާ އެކު 11 މީހަކު މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
01 Sep 2026
މައްކާ ދިފާޢީ އެއްބަސްވުމުގެ ސެކްރެޓޭރިއެޓް ސަޢޫދީގައި
ސަޢޫދީ، ތުރުކީ އަދި ޕާކިސްތާނުން މައްކާ ދިފާޢީ އެއްބަސްވުމުގެ ދާއިމީ ސެކްރެޓޭރިއެޓެއް ސަޢޫދީގައި ޤާއިމުކުރަން ނިންމައި، ފެށޭ ދައުރުގައި ޕާކިސްތާނުގެ ސެކްރެޓަރީ ޖެނެރަލަކު އައްޔަންކުރާނެ ކަމަށް އިޢުލާނުކޮށްފިއެވެ.
01 Sep 2026
އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 9 އަހަރުގެ އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.
31 Aug 2026
ޒާތީ މައުލޫމާތުތަކެއް ފޮނުވަން ބެންކަށް އެނގި ކަމަށް ބުނެ އިހްސާންގެ ނަމުގައި ފަތުރަނީ ފޭކު ސިޓީއެއް
31 Aug 2026
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމަށް ޝިއްޕެ އައްޔަނުކުރަން ގައުމީ މަޖިލީހުން ރުހުން ދީފި
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމު ހުސްވީ ކުރީން އެ މަގާމުގައި ހުރި އަހުމަދު އަބްދުﷲ (ތަކަންދޫ އަހްމަދު) މަގާމުން އިސްތިއުފާ ދިނުމުންނެވެ.
31 Aug 2026
މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔަރކޮށްފި
މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ހާމަކުރަމުން ބުނެފައިވަނީ، މިއީ އޭނާގެ ހިތަށް ވަރަށް ބޮޑު އަސަރެއްކުރި ނިންމުމެއް ނަމަވެސް، ޤައުމީ ޓީމާ ވަކިވާން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް ޤަބޫލުކުރާ ކަމަށެވެ