ޑްރޮޕް އޯފް ޒޯނުން ބޭރުގައި އުޅަނދުތަކެއް ޕާކްކޮށްފައި.. ފޮޓޯ: ވޮއިސް
ރިޕޯޓް
02 Sep 2026 | 16:47
"ޑްރޮޕް އޯފް" ޒޯން ބޭނުން ނުކޮށް، މަގުގައި ބާއްވައިގެން މުދާ ބޭލުން; ނުރައްކަލަށް ހުޅުވޭ ދޮރެއް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކޮންމެ މީހަކަށްވެސް މިހާރު އެންމެ އާންމުކޮށް ފެންނަ އެއް މަންޒަރަކީ، މަގުތަކުގެ ޓްރެފިކަށް ބެލުމެއްނެތި، ހިތުހުރި ތަނަކަށް އުޅަނދުތައް މަޑުކޮށްގެން މުދާ ބާލާ މަންޒަރެވެ. ފިހާރަތަކަށް މުދާ ހިފައިގެން އަންނަ އުޅަނދުތަކާއި، ގޭގެއަށް އެކި ބޭނުންތަކުގައި ސާމާނު އުފުލާ ވޭނާއި ޕިކަޕު ފަދަ އުޅަނދުތައް މަގުމައްޗަށް ހުއްޓައިގެން ތިބުމަކީ މިއަދު އާދައިގެ ކަމަކަށް ވެއްޖެއެވެ.

ޚާއްޞަކޮށް ހެނދުނު ހެނދުނާ ސްކޫލަށް ކުދިން ގެންދާ ވަގުތުތަކުގައްޔާއި، އޮފީސްތަކަށް މީހުން ދާ ބާރުބޮޑު ގަޑިތަކުގައި ފިހާރަތަކަށް ޕާން ފަދަ ތަކެތި ހިފައިގެން އަންނަ ޕިކަޕުތައް، ޑްރޮޕް އޯފް ޒޯން ހުސްކޮށް އޮންނައިރުވެސް މަގުގެ އެއްފަރާތުގައި ބާއްވައިގެން މުދާ ބޭލުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހުޅުމާލެ ފޭސް ދޭއްގެ ހަލުވިކަމާއެކު އިތުރުވަމުންދާ އާބާދީއާއި، މަގުތަކުގައި ދުއްވާ އަދި ޕާކުކޮށްފައިވާ އުޅަނދުތަކާއި، އުސް އިމާރާތްތަކަށް ބަލާއިރު، މި މަގުތަކަކީ އެކަށީގެންވާ ފުޅާމިނެއް ހުރި މަގުތަކެއްތޯ މިއީ މިއަދު އެންމެންގެ ސުވާލު އުފައްދަމުންދާ ކަމެކެވެ.

މަގުގެ އެއްފަރާތުގައި ޕިކަޕެއް ބާއްވައިގެން މުދާ ބާލަނީ... ފޮޓޯ: ވޮއިސް

މީހުން އަރާ ފޭބުމަށާއި މުދާ ބޭލުމަށް "ޑްރޮޕް އޯފް" ޒޯންތަކެއް

މަގުތަކުގެ ހަލަބޮލިކަން ކުޑަކޮށް، އަމާންކަން ޤާއިމުކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފޭސް ދޭއްގެ ޓަވަރުތައް ކައިރީ މީހުން އަރާ ފޭބުމަށާއި މުދާ ބޭލުމަށް ޚާއްޞަ "ޑްރޮޕް އޯފް" ޒޯންތަކެއް ކަނޑައަޅައި، ބޮޑެތި އަކުރުން ލިޔެ ފާހަގަކޮށްފައެވެ. ނަމަވެސް، ހިތާމައަކީ މި ތަންތަނުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭ ކަމެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މި ޒޯންތަކުގެ ބޭނުން އެންމެ ބޮޑަށް ހިފަނީ ހަމައެކަނި ވެމްކޯގެ ކުނި އުކާލަން އަންނަ އުޅަނދުތަކެވެ. ފިހާރަތަކަށް މުދާ ހިފައިގެން އަންނަ ގިނަ އުޅަނދުތަކާއި ޓެކްސީތަކުން އަދިވެސް އިޚްތިޔާރު ކުރަނީ ހިތުހުރި ތަނަކަށް މަޑުކުރުމެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވެގެންދެއެވެ.

ޑްރޮޕް އޯފް ޒޯނެއް... ފޮޓޯ: ވޮއިސް

"ޑްރޮޕް އޯފް" ޒޯން ބޭނުންކުރުމުގެ މުހިންމުކަން

ފޭސް ދޭއްގެ މަގުތައް ނިސްބަތުން ހަނިކޮށް ހުރުމާއެކު، މަގުގެ އެއްފަރާތުގައި އުޅަނދެއް ހުއްޓާފައި އޮންނަނަމަ، ޖެހިގެން އޮންނަ ލޭނަށް ނާރައި ކުރިއަށް ދިއުމަކީ ނުހަނު އުނދަގޫ އަދި ނުރައްކާތެރި ކަމެކެވެ. ހުޅުމާލޭގައި މިހާތަނަށް ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބާރަށް ދުއްވުމުގެ އިތުރުން، މަގުމަތީގެ ޤަވާއިދުތަކަށް ނުބަލައި ހިތުހުރި ތަންތަނުގައި އުޅަނދު މަޑުކުރުން ހިމެނެއެވެ. އެހެންކަމުން، ޑްރޮޕް އޯފް ޒޯން ބޭނުންކުރުމަކީ މަގުމަތީގެ ލުއިފަސޭހަކަމުގެ އިތުރުން، ފުރާނައާއި މުދަލުގެ ރައްކާތެރިކަމާ ގުޅިފައިވާ ވަރަށް މުހިންމު ކަމެކެވެ.

އެޗްޑީސީން މިފަދަ ޒޯންތަކެއް ކަނޑައަޅާފައިވަނީ މަގުން ދަތުރުކުރާ އާންމުންގެ ސަލާމަތާއި، މުދާ ބާލާ އަދި ވެހިކަލްތަކުން އަރާ ފައިބާ މީހުންގެވެސް ރައްކާތެރިކަމަށްޓަކައެވެ. ސާފުކޮށް ފެންނަން އޮންނަ ޑްރޮޕް އޯފް ޒޯންތައް ދޫކޮށްލުމަށްފަހު، ކަންފަސޭހަކޮށްލައި މަގުމައްޗަށް އުޅަނދުތައް ހުއްޓުމަކީ މަގުމަތީގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށްބޮޑު ހުރަހެކެވެ. އެހެންކަމުން، މަގުތަކަކީ އެންމެންނަށްވެސް އަމާން، ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް އިޙްތިރާމްކޮށް، ޑްރޮޕް އޯފް ޒޯންތަކުގެ ބޭނުން ފުރިހަމައަށް ހިފުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Sep 2026
ވިސާނެތި ދިވެހިންނަށް ތައިލެންޑްގައި 30 ދުވަހު ތިބެވޭގޮތް ހަދައިފި
ތައިލެންޑު ސަރުކާރުން ގެނައި މި ބަދަލުތައް ހުސްވި އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ރަސްމީކޮށް ގެޒެޓްކޮށްފައިވާ އިރު، ކުރިން ދިވެހިރާއްޖެ ހިމެނިފައި އޮތީ ވިސާ އާ ނުލައި 15 ދުވަހު ތިބެވޭ ޤައުމުތަކުގެ ލިސްޓުގައެވެ.
03 Sep 2026
ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގަނީ ގަވާއިދުތަކަށް ނުބަލައި ބާރަށް ދުއްވުމުން: ފުލުހުން
ހުޅުމާލޭގެ މަގުތަކުގައި ދުއްވާއިރު އަބަދުވެސް ރައްކާތެރިކަމަށް އިސްކަންދީ، އަނެކުންގެ ސަލާމަތަށް ވިސްނައިގެން ޒިންމާދާރުކަމާއެކު އުޅަނދު ދުއްވުމަށް ހަނީފް އިލްތިމާސްކުރައްވާފައި
02 Sep 2026
ފަހިދިރިއުޅުން ޓަވަރުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެފްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ
މި މަސައްކަތުގައި އެންމެ ބޮޑަށް ރައްކާތެރިކަން ބޭނުންވާ އަދި އިސްކަންދޭންޖެހޭ ޔުނިޓުތައް ފާހަގަކޮށް، އެ ތަންތަނަށް އިސްކަންދީގެން އެ ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ ކަމަށް ހަމްދާން ވިދާޅުވިއެވެ
02 Sep 2026
މިއަދު ހިނގި އެކްސިޑެންޓްގައި އަނިޔާވީ އުމުރުން ދުވަސްވީ އަންހެނަކާއި ފިރިހެނަކަށް
ސައިކަލް ފަހަތުގައި 72 އަހަރުގެ ދިވެހި އަންހެނަކު އިން އިރު ދެމީހުނަށްވެސް އަނިޔާވެފައިވާކަމަށް ފުލުހުން ބުންޏެވެ
02 Sep 2026
ހުޅުމާލެ ފޭސް ދޭއްގައި މިރޭވެސް އެކްސިޑެންޓެއް
މި އެކްސިޑެންޓްގައި ސައިކަލްގައި ތިބި މީހުންނަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފުލުހުންވެސް އަދި ވަކި އެއްޗެކޭ ނުބުނެއެވެ.
02 Sep 2026
ސްޓެލްކޯ ކޭ-38 އަދި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެ
އދ. މަހިބަދޫގައި ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ 13 ވަނަ އަދި 14 ވަނަ މެޗުން ސްޓެލްކޯ ކޭ-38 އާއި އެލްޖީއޭ އދ. އަތޮޅު ގޮފި މޮޅުވެއްޖެއެވެ.
02 Sep 2026
"ޑްރޮޕް އޯފް" ޒޯން ބޭނުން ނުކޮށް، މަގުގައި ބާއްވައިގެން މުދާ ބޭލުން އާއްމުކަމަކަށް ވެފައި
ސާފުކޮށް ފެންނަން އޮންނަ ޑްރޮޕް އޯފް ޒޯންތައް ދޫކޮށްލުމަށްފަހު، ކަންފަސޭހަކޮށްލައި މަގުމައްޗަށް އުޅަނދުތައް ހުއްޓުމަކީ މަގުމަތީގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށްބޮޑު ހުރަހެކެވެ.
02 Sep 2026
އިންޑޮނޭޝިއާގައި އެޅި ބްރިޖެއް ހުޅުވުމުގެ ރަސްމިޔާތު ނިމުނު ވަގުތު ވެއްޓިއްޖެ
އިންޑޮނޭޝިއާގައި އަލަށް އެޅި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.