ޕީއެންސީގެ ޖަގަހަ ޖަލްސާގައި އަދުރޭ ވާހަކަދައްކަވަނީ- ފޮޓޯ/ ޕީއެންސީ
ހަބަރު
06 Sep 2026 | 07:48
ފާޑުކިޔާނެ ޖާގައެއް ނެތް؛ ފަސް އަހަރެއް އަދި ނުނިމޭ: އަބްދުއްރަޙީމް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައަމަދު މުއިއްޒާ ވެރިކަމަށް ވަޑައިގެންނެވިތާ އަދި ފަސް އަހަރު ހަމަ ނުވާ ކަމަށާ އެހެންކަމުން މިސަރުކާރަށް ފާޑުކިޔުމުގެ ޖާގަ ވާދަވެރި ފަރާތަކަށް އަދި ނޯންނާކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެއެވެ. 

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަޙީމް ވަނީ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫން ސަރުކާރަށް ފާޑުވިދާޅުވެ ދައްކަވަމުންދާ ވާހަކަތަކަށް ވަރުގަދަ ރައްދުތަކެއް ދެއްވާފައެވެ.

އެގޮތުން ވިދާޅުވީ، އަދުގެ ސަރުކާރު ގެނެވުނީ އެތައް ބަޔަކު އެތަކެއް ޤުރުބާނީ ތަކެއް ވެގެން ކަމަށާ، ރައީސް ޔާމީން މިވަގުތު ގޭގައި އިންނެވީވެސް އެ ގުރުބާނީތައް އެބޭފުޅުން ވުމުން ކަމަށެވެ. 

ރައީސް ޔާމީންއަކީ ހަމަ ބުއްދި ހުރި މީހެއް ނަމަ، ރައީސް މުޢިއްޒާއެކުގައި ރައީސް މުޢިއްޒުގެ ސަރުކާރު ދަމަހައްޓަން ހުންނާނީ. ބަލަ ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީމައޭ ގޭގައި އިންނެވެނީ…

އަބްދުއްރަޙީމް ވިދާޅުވީ، ރައީސް މުޢިއްޒު ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަން ރައީސް ޔާމީންގެ މައްސަލައިންވެސް އެނގިގެންދާ ކަމަށާަ، މިހާރު މި ގައުމުގައި އަދުލު އިންސާފު ގާއިމުކުރާތަން ފެންނަމުންދާ ކަމަށެވެ.

”މަގުމަތި އަމާންވެއްޖެއޭ، ރައްޔިތުން ތިބީ ހަމަޖެހިގެންނޭ، ތަރައްގީއަކީ ހަމައެކަނި ބުރިޖެއް ނޫން، ހަގީގީ ތަރައްގީއަކީ ހަރުދަނާ އިންސާނީ މުޖުތަމައެއް ބިނާކުރުން، އެމަސައްކަތް ކުރަމުން މި ދަނީ، ފަސް އަހަރެއް ނުނިމެއޭ، އަދި ނެތޭ ފާޑުކިޔޭކަށް ޖާގައެއް، އަޅުގަނޑުމެންގެ ސަރުކާރުން ނެގި ދަރަންޏެއް ނޫނޭ ދެއްކީކީ،" 

އަބްދުއްރަޙީމް އިތުރަށް ވިދާޅުވީ މި ސަރުކާރުން ދައްކަމުންދަނީ ރައީސް ޑރ މުޙައްމަދު ނެންގެވި ދަރަނި ނޫން ކަމަށާ، އެއީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އާއި ރައީސް ޔާމީން ނެންގެވި ދަރަނި ކަމަށެވެ. އަދި އެ ދަރަނި ދައްކަވަމުންދަނީ އިތުރު ދަރަންޏެއް ނުނަންގަވާ ކަމަށާ، ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދަވަނީ ދަރަނި ދައްކަވަމުން ކަމަށެވެ. 

މިއަދު ރައީސް މުއިއްޒު ގައުމު ކުރިއަށް ގެންދަވަނީ އެ ދަރަނި ދައްކަމުންކަމަށްވާތީ ސިޔާސީ މައިދާނުގައި އޮތް ބިނާކުރަނިވި ފިކުރު އޮތީ ރައީސް މުއިއްޒުގެ ފަހަތްޕުޅުގައިކަމަށް ވިދާޅުވިއެވެ. 

މިއާއެކު އަބުދުއްރަހީމް ވިދާޅުވީ މަތީ މަޖިލިސް ނިމޭއިރު 2028 އަށް އެކުލަވާލާ ރައީސް މުއިއްޒުގެ ކެމްޕެއިން ޓީމް އެކުލަވާލާ ނިންމާނެކަމަށާ، ޕީއެންސީ އޮތީ 2028 ވަނަ އަހަރު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް އެމަނިކުފާނާއެކު ގަދަކޮށް ކަމަށެވެ. 

އަދި ރައްޔިތުންގެ މަޖިލިސް ބައިބައި ނުކުރެވޭނެކަމަށާއި މަޖިލިސް އޮތީ ”އެއްކޮށް ބަނދެވިފައިވާ ދަރުބޮނޑިއެއްހެން“ އެކުގައި ރައީސް މުޢިއްޒާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް: ސްޓެލްކޯ-ކޭ38 އާއި ފުލުހުންނަށް ފަސޭހަ މޮޅެއް
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތް 2024" ގައި ކުޅުނު މެޗުތަކުން ސްޓެލްކޯ-ކޭ38 އަދި ޕޮލިސް ޓީމު ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
06 Sep 2026
ވައިކިންގްސް އަދި ހޮސްޕިޓަލް ބްލޭޒް އިން މުހިންމު މޮޅުތަކެއް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ކުޅެވުނު ފޯރިގަދަ މެޗުތަކުން ވައިކިންގްސް އާއި ހޮސްޕިޓަލްގެ ބްލޭޒް މޮޅުވެއްޖެއެވެ.
06 Sep 2026
އިންޖީނިއަރުންގެ ދުވަސް ފާހަގަކުރުމަށް 164 ރަށެއްގައި ސައިޓް ވިޒިޓް ހަރަކާތް
މި ޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުން ވަނީ ފެނަކަ ކޯޕަރޭޝަން އަދި ސްޓެލްކޯގެ އިންޖީނުގެތަކަށާއި، އެމް.ޑަބްލިޔު.އެސް.ސީގެ ފެސިލިޓީތަކުގެ އިތުރުން އެމް.ޓީ.ސީ.ސީން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ ސައިޓުތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގައި އިންޖިނިއަރިންގ މަސައްކަތްތައް ހިނގަމުންދާ ގޮތް ދަރިވަރުންނަށް ޢަމަލީ ގޮތުން ކިޔައިދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
06 Sep 2026
ހުޅުމާލޭގައި މިއަދުވެސް އެކްސިޑެންޓެއް؛ ދެމީހަކަށް ފަރުވާދެނީ
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Sep 2026
ދިއްދޫއިން ފަހަތުން އަރައި ބާރަށް ބަލިކޮށްފި
މި މުބާރާތުގައި މާދަމާ ބާރަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ދިއްދޫ ނިކުންނާނީ ކުޅުދުއްފުއްޓާ އެވެ.
06 Sep 2026
ފާއިތުވި ހަފުތާގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް
ފާއިތުވި ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުއްލި ނުރައްކަލުގެ 29 ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
06 Sep 2026
ކުޅުދުއްފުށިން ނޮޅިވަރަމް ބަލިކޮށް ކުރިއަށް
މުބާރާތުގައި ދެން ކުޅުދުއްފުށި ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އަދި ނޮޅިވަރަމް ނިކުންނާނީ ދިއްދޫ އާ ދެކޮޅަށެވެ
06 Sep 2026
ފަނޑިޔާރު މާހިރު ރިޓަޔަރ ކުރައްވައިފި
ހައިކޯޓުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދިގު މުއްދަތުގައި ފަނޑިޔާރު އިބްރާހީމް މާހިރު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.