ރައީސް ޔާމީން އާއި ވަޒީރު އިހްސާން
ހަބަރު
07 Sep 2026 | 07:36
ތިން މިނިސްޓްރީގެ އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް ފުލުހުންނަށް އަންގައިފި

ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެ އިމާރާތުގައި ރޯކޮށްލީ ހެކި ނައްތާލުމުގެ ގޮތުން ބަޔަކު ގަސްތުގައި ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ހާދިސާ ހިންގި ފަރާތްތަކުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންނަށް ރަނގަޅަށް އެނގޭ ތި ގްރީން ބިލްޑިން ރޯކޮށްލި، އެކަމުގައި އުޅުނީ ކާކުކަން އެނގޭ. މުއިއްޒާ ކިހާ ވަރެއްގެ ގާތް މީހެއްކަން އެނގޭ. ފުލުހުންގެ އަތުގައި އެބައޮތް އެ މައުލޫމާތު. ބޭނުމެއްނުވޭ ފިޔަވަޅު އަޅާކަށް.. އެހެން ނަމަވެސް ފުލުހުން ވެސް ގަބޫލުކުރަންވާނެ އެނގޭތޯ ހާލަތު ބަދަލުވަނީ މި. ހާލަތު ބަދަލުވެފައި ދެން ވެރިކަން ބަދަލުވެއްޖެއްޔާ ފުލުހުން އޭގެ ޒިންމާ ނަގަން ނުޖެހޭނެ ގޮތަކީ ނެތް ގޮތެއް. މިކަހަލަ ބޮޑެތި ކަންތައްކޮށްފައި މާލެ ހުޅުދާންކޮށްފައި މިކަމުގައި މައްސަލަ ހުރެގެން ފިޔަވަޅު ނާޅާ ދޫކޮށްފައި." 

ރައީސް ޔާމީން

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހްސާން ވިދާޅުވީ، ‏ސަރުކާރުގެ 3 ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ގޮސްފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި އެކުވެރި ޤައުމުތަކުގެ މިފަދަ ކަންކަން ތަހުޤީގުކުރާ މާހިރުން ގުޅިގެން ކުރި ތަހުގީގުން ހޯދިފައިވަނީ އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ނަރުތަކުގައި ރޯވެގެންކަމަށް ކަމަށެވެ.

އަދި އެއްވެސް މީހަކަށް މިމައްސަލާގައި ޖިނާއީ ތުހުމަތެއް ކުރާނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށާއި އެކަން ކުރި މީހާވެސް ފުލުހުންނަށް އެނގޭކަމަށް މުތުލަގުކޮށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަން ފާހަގަކުރައްވައި އިހްސާންވަނީ އެކަން ސާފުކުރެއްވުމަށް ފުލުހުންނަށް އެނގެވިކަމަށް ވިދާޅުވެފައެވެ.

”އެހެންކަމުން މިމައްސަލާގައި އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރައްވައި، ތަހުޤީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއްހުރިނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަޅުގަނޑުވާނީ ދަންނަވާފައެވެ. އަދި ހަމަ އެއާއެކު ދިވެހި ފުލުހުންގެ މައްޗަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތުހުމަތު ތަހުޤީގުކޮށް ދެއްވުމަށްއެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށްވެސް އަޅުގަނޑުވާނީ ދަންނަވާފައެވެ.“ އިހްސާން ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީއާ އެކު ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އޮފީސް އިމާރާތުގައި ރޯވީ 12 ޑިސެމްބަރު 2024ގައެވެ. މި އަލިފާނުގެ ހާދިސާގައި މުޅި އިމާރާތް އެއްކޮށް ވަނީ އަނދާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.
07 Sep 2026
އެމެޒޯންގެ ކާގޯ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެ
އެމެރިކާގެ މިއާމީ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި، އެމެޒޯން ޕްރައިމް އެއާގެ މުދާ އުފުލާ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓުނު ހާދިސާގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ.
07 Sep 2026
ވާދަވެރި ކުޅުމަކަށްފަހު ހަނިމާދޫ އާއި ފިނޭ ބައްދަލުކުރިމެޗް ހަނިމާދޫއަށް
މުބާރާތުގައި ދެން ހަނިމާދޫ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ
07 Sep 2026
ބަލިނުވެ އެލީޓް ސެމީއަށް، އޭއީސީއަށް ތިންވަނަ މޮޅު
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގައި، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ހޮސްޕިޓަލްގެ އެލީޓް ޓީމު ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަދި އދ. އޭއީސީ ޓީމުން ވަނީ ތިންވަނަ މޮޅު ހޯދައި މުބާރާތުގައި މުހިންމު މޮޅެއް ހޯދާފައެވެ.
07 Sep 2026
ޗައިނާގެ ބިލްބޯޑުތަކުން އެގައުމުގެ ސައިންސްވެރިންނަށް ޚާއްސަ ޖާގައެއް
ޗައިނާގެ ބޮޑެތި ސިޓީތަކުގައި ހުންނަ ބޮޑެތި ސްކްރީންތަކާއި ބިލްބޯޑުތަކުގައި މީގެކުރިން ދައްކަމުން ދިޔަ ފެޝަން އަދި މޯބައިލް ފޯނުތަކުގެ ވިޔަފާރި އިޝްތިހާރުތައް ނަގައި، ގައުމު ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރި ސައިންސްވެރިންގެ ފޮޓޯތަކާއި މައުލޫމާތު ދައްކަން ފަށައިފިއެވެ.
07 Sep 2026
އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ޔާމީން ދެއްކެވި ވާހަކަތައް ބެލުމަށް އަންގައިފި
ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން ދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ މަޢުލޫމާތު ސާފުކުރުމަށާއި އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
07 Sep 2026
ބައިނަލްއަޤްވާމީ ބީޗް ވޮލީ މެޗެއްގައި އިންސާފުކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީ އައިދާ
ދިވެހިރާއްޖޭގެ ވޮލީބޯޅައިގެ ތާރީޚުގައި ފަޚުރުވެރި އައު ބާބެއް ލިޔެ، ބައިނަލްއަޤްވާމީ ބީޗް ވޮލީބޯޅަ މުބާރާތެއްގައި ރެފްރީކަން ކުރި ފުރަތަމަ ދިވެހި އަންހެން ރެފްރީގެ ޝަރަފު އައިދާ ޢަބްދުލްޙަކީމް ހޯދައިފިއެވެ.
06 Sep 2026
ފަހަތުން އަރައި ޗެލްސީ ބަލިކޮށް އާސެނަލް ފެންވަރު ދައްކާލައިފި
ޗެލްސީ އަތުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އުޅެނީ މެންޗެސްޓަރ ސިޓީއާއެކު ތާވަލްގެ އެންމެ ކުރީގައެވެ. އާސެނަލް އަދި ސިޓީ، މިއިން ކޮންމެ ޓީމަކުން 3 މެޗް ކުލެފައިވާއިރު، ދެޓީމަށްވެސް ލިބިފައިވަނީ 9 ޕޮއިންޓެވެ.