-
ވިޔަފާރި
10 Sep 2026 | 14:08
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި

ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.

"މިޝަން ޕީއެސް5" ގެ ނަމުގައި ކުރިއަށްގެންދާ މި ގިވްއަވޭއަކީ އެލައިޑުގެ އިންސްޓަގްރާމް ފޮލޯވަރުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ކެމްޕޭނުގައި ބައިވެރިވެ، ޕީއެސް5 އެއް ކާމިޔާބު ކުރުމުގެ ފުރުސަތު ހޯދުމަށް ފުރިހަމަކުރަން ޖެހެނީ ތިން ކަމެކެވެ.

އެގޮތުން ބައިވެރިވުމަށްޓަކައި:

އެލައިޑް އިންޝުއަރަންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖު (@allied.mv) ފޮލޯކުރުން.

"މިޝަން ޕީއެސް5" ގެ އަސްލު ޕޯސްޓަށް ލައިކް ދިނުން.

އެ ޕޯސްޓުގެ ކޮމެންޓުގައި ތިން ރަހުމަތްތެރިއަކު ޓެގްކުރުން.

މީގެ އިތުރުން، ނަސީބު ވެރިއަކަށް ވުމުގެ ފުރުސަތު ބޮޑުކުރުމަށްޓަކައި "ބޯނަސް އެންޓްރީ" އެއް ހޯދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން އެލައިޑުގެ ކެމްޕޭން ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް، އެލައިޑުގެ ރަސްމީ ޕޭޖު (@allied.mv) ޓެގް ކުރުމުން ބޯނަސް އެންޓްރީ ލިބިގެންދާނެއެވެ.

މި ކެމްޕޭން ކުރިއަށްދާނީ 8 ސެޕްޓެމްބަރުން ފެށިގެން 30 އޮކްޓޫބަރު 2026 ގެ ނިޔަލަށެވެ. އެލައިޑުން މަޢުލޫމާތު ދޭގޮތުގައި، މި ގިވްއަވޭގެ ނަސީބުވެރި ފަރާތް ހޮވައި އިއުލާނު ކުރުން އޮންނާނީ 16 ނޮވެމްބަރު 2026 ގައެވެ.

އެލައިޑް އިންޝުއަރަންސުން ވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާ އޯޑިއަންސަށް މި ކެމްޕޭނުގައި ބައިވެރިވެ، ރަހުމަތްތެރިންނާއެކު މި މިޝަން ފުރިހަމަކޮށް އަގުހުރި ޕީއެސް5 އެއް ހޯދުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް ދައުވަތު އަރުވާފައެވެ.

މި ކެމްޕޭނުގެ ޝަރުތުތަކާއި އިތުރު ތަފްސީލު އެލައިޑް އިންޝުއަރަންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައިވާ ޕޯސްޓުން (https://www.instagram.com/p/DdBn_wzTcNQ/?stkn=c3h5YjA0emVudmFi) ލިބެން ހުންނާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ