ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ހުޅުމާލޭގެ ފާރަކަށް އަރައިފި

29 Jul 2019 | 12:30

ރޭ ދަންވަރު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް، ހުޅުމާލޭ އެމްޑަބްލިޔުއެސްސީ އިމާރާތުގެ ފާރަށް އަރައިފިއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގެންގޮސް، އެމްޑަބްލިޔުއެސްސީގެ ފާރަށް އަރައިގެންނެވެ. މި އެކްސިޑެންޓުގެ ސަބަބުން އެމްޑަބްލިއުއެސްސީގެ ފާރަށާއި އެމީހާ ދުއްވަން އިން ކާރުގެ ކުރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މި އެކްސިޑެންޓާއި ގުޅިގެން އެކާރު ދުއްވަން އިން 22 އަހަރުގެ މީހާ ވަނީ ހައްޔަރުކޮށްފައެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަތުގައި ލައިސަންސެއް ނެތުމުގެ ސަަބަބުންނެވެ.

ފުލުހުން ދަނީ މި ހާދިސާ ތަހުގީގުކުރަމުންނެވެ.

Advertisement

ކޮމެންޓް