ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.
އެ ކުށުން ކުށްވެރިވެ 25 އަހަރުގެ ޖަލު ހުކުމެއް އައީ ގދ. ވާދޫ، އަސްރަފީގެ މުހައްމަދު ޝަރީފްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ދައުވާ އުފުލީ އިތުރު ބަޔަކާއި ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތްް މައްސަލައާ ގުޅިގެންނެވެ.
ޖޫން 14، 2020 ގައި ހިންގި އޮޕަރޭޝަންގައި ޝަރީފްއާ ގުޅުންހުރި އެކި ތަންތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފަ އެވެ. އެ ތަކެެތީގައި އޭނާގެ އިނގިލީގެ ނިޝާން ވެސް ހުރި ކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އެވެ.
ކްރިމިނަލް ކޯޓްގައި މި މައްސަލަ ބެއްލެވީ ގާޒީ މުޒައްމިލު ނާސިރު އެވެ. މި މަހުގެ ހަތްވަނަ ދުވަހު ނިންމި މައްސަލާގައި ވަނީ ޝަރީފްެ މައްޗަށް އުފުލި ދައުވާގެ މާއްސީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތުން ސާބިތުކޮށް ދީފައިވާތޯ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
މި މައްސަލާގައި ޝަރީފްގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަތަރު ވަކީލުން ހިމެނޭ ގާނޫނީ ޓީމެއް މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި މަޝްހޫރު ބައެއް ވަކީލުން ވެސް ހިމެނެ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists