ލާމަރުކަޒު ކުރުމުގެ ގާނޫނަށް، ގާނޫނާ ހިލާފު ބަދަލު ގެނެސްފައިވޭ- ނިޔާޒު

01 Aug 2019 | 12:16

މިފާއިތުވެގެންދިޔަ އަހަރުތަކުގައި ކައުންސިލްތަކުގެ އިހުތިސާސްއަކީ ކޮބައިކަމާއި، އެމީހުންގެ މިލްކުވެރިކަމަކީ ކޮބައިކަން މިހާތަނަށް ފާހަގަކޮށްދެވިފައި ނުވާ ކަމަށް ހުޅުމާލޭ ދާއިރާގެ މެމްބަރު އަލލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ނިޔާޒު އެހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކާއި ކައުންސިލްގެ ވަސީލަތްތައް ސިޔާސީ ބޭނުންތަކަށް ބޭނުންކޮށްފައިވާއިރު ލާމަރުކަޒު ކުރުމުގެ ރޫހާ ހިލާފަށް ގާނޫނަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާކަމަށެވެ.

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ހަގީގަތުގައި އުފެދިފައި އޮތީ ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށް ކަމަށާ އެހެން ނަމަވެސް އެލްޖީއޭ ފާހަގަކުރެވުނީ ކައުންސިލުންނާ ދޭތެރޭގައި ހަމައެކަނި ފިޔަވަޅު އަޅާ ބައެއްގެ ގޮތުގައި ކަމަށް ނިޔާޒު ވވިދާޅުވިއެވެ.

މެމްބަރު ނިޔާޒު ވިދާޅުވީ 2014 އިން 2018 އާ ދެމެދުގައި 106 ކައުންސިލަރުންނާ ދޭތެރޭގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން ފިޔަވަޅު އަޅާފައި އެބައޮތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގައި މިހާރު އެމައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ.

މެމްބަރު ނިޔާޒު ވިދާޅުވީ މަގުސަދަކީ ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށާއި، ބާރުތައް ދޫކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ.

Advertisement

ކޮމެންޓް