ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ޝަރީއަތުގެ އަޑުއެހުމުގައި އެމަނިކުފާނުގެ ފަރާތުން ޝަފަޢީ ދިފާއީ ހެއްކެއްގެ ގޮތުގައި އަޒީމާ އާދަމް ހުށައަޅުއްްވައިފިއެެވެ.
އެމަނިކުފާނުގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި އެމްއެމްއޭގެ ކުރީގެ ގަވަރނަރ އަދި ދެ ކިތާބީ ހެކީގެ ގޮތުގައި އަލްޖަޒީރާގެ ސްޓީލިންގް ޕެރެޑައިސް ޑޮކިއުމެންޓްރީއާއި ގުޅިގެން ނެރުނު އެމްއެމްއޭގެ ނޫސްބަޔާނަކާއި، އެސްއޯއެފުން އެމްެއެމްޕީއާރްސީއަށް ފައިސާ ދޭންޖެހޭ ސިވިލް ކޯޓުގެ ހުކުމެއް ވަނީ ހުށައަޅައިފައެވެ.
މިއަދުގެ އަޑުއެހުމުގައި ވާހަކަފުޅު ދެއްކެވި ރައީސް ޔާމީންގެ ވަކީލު އަލްއުސްތާޛު އަލީ ޝާހު ވަނީ ހެއްކަށް ނުފޫޒު ފޯރާފާނެކަމަށް ބުނެ، ދައުލަތުގެ ހެކިންނާއި ދިފާއީ ހެކިންގެ ހެކިބަަސް އެއްދުވަހެއްގައި ނެގުމަށް އެދިފައެވެ.
ނަމަވެސް މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވަނީ އެކަން ކުރެވެން ނެތްކަމަށް ވިދާޅުވެފައެވެ.