ފިނޭންސް މިނިސްޓަރ މަޖިލީހަށް ހާޒިރު ކުރަނީ

06 Aug 2019 | 22:14

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވައިފިއެވެ.

މިނިސްޓަރ އަމީރު މަޖިލީހު ހާޒިރު ކުރަނީ ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި، ހިންގާފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ސުވާލުކުރުމަށެވެ.

މެމްބަރު ޖާބިރު މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ސަރުކާރުން މިހާތަނަށް ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ އާއި އެ މަޝްރޫއުތަކުގެ ތެރެއިން ފައިސާ ދައްކައި ނިންމާފައިވަނީ ކިތައް މަޝްރޫއުތޯ ސާފުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ..

އެގޮތުން މިނިސްޓަރު އަމީރަށް މަޖިލީހަށް ހާޒިރުވުމަށް މިހާރު ވަނީ ނޯޓިސް ފޮނުވާފައެވެ.

މީގެ ކުރިން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއާ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފު މަޖިލީހަށް ހާޒިރު ކޮށްފައިވެއެވެ. 

Advertisement

ކޮމެންޓް