ރާއްޖެއާއި އިންޑިޔާގެ ގުޅުން އަލުން ބަދަހިކުރުމުގައި ސުޝްމާގެ ދައުރުބޮޑު: ޝާހިދު

07 Aug 2019 | 13:41

ދިވެހިރާއްޖެއާއި އިންޑިޔާގެ ގުޅުން އަލުން ބަދަހިކުރުމުގައި އެގައުމުގެ ކުރީގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖްގެ ދައުރު ބޮޑުކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ސުޝްމާ ނިޔާވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ ގާާތް އެކުވެރިޔާ ސުޝްމާ ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމައަކާއި އެކުގައި ކަމަށާއި އެކަމަނާއަކީ ކުޅަދާނަ ޑިޕްލޮމެޓެއްކަމަށެވެ.

އެކަމަނާއަކީ ހެޔޮ އިންސާނެއްކަމަށާއި ރާއްޖެއާއި އިންޑިޔާގެ ރަހުމަތްތެރިކަން އަލުން ބިނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއްވި ފަރާތެއްކަމަށެވެ.

ޝާހިދު ވަނީ ސުޝްމާގެ އާއިލާއަށާއި އިންޑިޔާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

އެކަމަނާ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައި ހާޓް އެޓޭކެއް ޖެހިވަޑައިގެން، ނިއު ދިއްލީގެ މަޝްހޫރު އެއިމްސް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށްކަމަށް "އިންޑިޔާ ޓުޑޭ" އިން ރިޕޯޓްކުރެއެވެ.

ސުޝްމާ އަކީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ފުރަތަަމަ ސަރުކާރުގެ އެކްސްޓާނަލް އެފެއާޒް ނުވަތަ ޚާރިޖީ މިނިސްޓަރެވެ. ސުޝްމާގެ ދައުރުގެ ފަހުކޮޅު ވަނީ އިންޑިޔާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރުމަށް މަސައްކަތް ކުރެއްވިއެވެ.

އެކަމަނާ މިފަހަރުގެ އިންޑިޔާގެ އާންމު އިންތިޚާބުގައި ވާދަކުރައްވާފައެއް ނުވެއެވެ. އެ އިންތިޚާބުގައި ވާދަ ނުކުރައްވަން ނިންމެވީ ބަލިހާލަތު ހުރިގޮތުން ކަމަށް އެކަމަނާ ވަނީ އޭރު ވިދާޅުވެފައެވެ.

ސުޝްމާާ ވަނީ މިއަދު ހެނދުުނު، ޖައްމޫ އަދި ކަޝްމީރަށް ދީފައިވާ ޚާއްސަ ރައްކާތެރިކަން އުވާލުމަށް އިންޑިޔާއިން ނިންމެވި ނިންމެވުމަށް ތާާާއިދުކުރައްވާފައި ޓްވީޓްކުރައްވާފައެވެ

Advertisement

ކޮމެންޓް