ޔޫތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް ލަބާން

07 Aug 2019 | 13:46

މިނިސްޓްރީ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް މަޝްހޫރު ގޯލްކީޕަރ ލަބާން ޝަރީފް އައްޔަންކޮށްފިއެވެ.

މިއަދު ލަބާން ވަޒީފާއަށް ނިކުތުމާއި އެކު ކުރި ޓްވީޓެއްގައި މިނިސްޓަރ އަހުމަދު މަޚުލޫފު ވިދާޅުވީ ލަބާން މަަސައްކަތަށް ނިކުތުމުން އުފާކުރައްވާ ކަމަށާއި ރައީސް ޔާާމީންގެ ސަރުކާރުން ލަބާން ތިން އަަހަރަށް ޖަލަށްލުމުން އޭނާ ބޮޑެތި ގުރުބާނީތަކެއްވީ ކަމަށެވެ.

2015 ވަނަ އަހަރުގެ މޭޑޭގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ފުލުހަކަށް ހަމަލާ ދިނުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް ލަބާން ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރިއެވެ. އޭރު އޭނާއަކީ ކްލަބް އީގަލްސްގެ ކީޕަރެކެވެ.

ނަމަވެސް މިދިޔަ އަހަރުގައި ޕެރޯލްގެ ދަށުން އޭނާ ވަނީ މިނިވަންކޮށްފައެވެ. އެއާއި އެކު އޭނާ އަނެއްކާވެސް ކީޕަރުގެ އަންގި ލައްވައި ދަނޑަށް ނިކުތެވެ.

މިހާރު ލަބާނަކީ ކްލަބް ގްރީން ސްޓްރީޓްގެ ކީޕަރެެކެވެ.

Advertisement

ކޮމެންޓް