އިންޑިޔާ ކަނޑުގެ ސަލާމަތާއި ޔޫރަޕާއި ވަނީ ގުޅިފައި: މުގްރީނީ

09 Aug 2019 | 10:34

އިންޑިޔާގެ ކަނޑުގެ ސަލާމަތާއި ޔޫރަޕާއި ވަނީ ގުޅި ލާމެހިފައިކަމަށް ޔޫރަޕްގެ އިއްތިހާދުގެ ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯ ފޮރިން އެެފެއާޒް އެންޑް ސެކިޔުރިޓީ ޕޮލިސީ އަދި ޔޫރަޕިއަން ކޮމިޝަންގެ ވައިސް ޕްރެޒިޑެންޓް ފްރެޑްރިކާ މުގްރީީނީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުންނެވެ.

މުގްރީނީ ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތާއި ޔޫރަޕްގެ ސަލާމަތާއި ވަނީ ގުޅިލާމެހިފައި ކަމަށާއި އެކަމަކީ ގިނަ ގޮންޖެހުންތަކެއް ހިމެނޭކަމެއް ކަމަށެވެ. އެހެންކަމުން ޔޫރަޕުން ރާއްޖެއާއި ގުޅިގެން ޓެރަރިޒަމްގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރާނެކަމަށް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން އީޔޫން ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދިވެހިރާއްޖެއަށް މާލީ އެހީ ދޭން ނިންމާފައިވާކަން މިއަދުގެ ތަގުރީރުގައި ވަނީ ހާމަކޮށްފައެވެ. 2.5 މިލިއަން ޔޫރޯގެ މި އެހީ ދޭނެ ވަކި ތާރީޚެއް އެކަމަނާ ވިދާޅުވެފައެއް ނުވެއެވެ.

މިއަދުގެ ވާހަކަފުޅުގައި އެކަމަނާ ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން އެކަމުގެ ނުރައްކާއޮތީ ހަަމައެކަނި ރާއްޖެއަށް ނޫންކަމަށާއި ޔޫރަޕްގެ ގައުމުތަކަށް އޮތްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement