ބިދޭސީން ގާނޫނުތަކަށް އަހުލުވެރި ކުރުވަން ޕްރޮގްރާމެއް ހިންގައިފި

15 Aug 2019 | 20:29

ހއ. މޮޅަދޫގައި ދިރިއުޅޭ ބިދޭސީން ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރި ކުރުވުމަށްޓަކައި ހާއްސަ ޕްރޮގްރާމެއް ފުލުހުން ހިންގައިފިއެވެ.

އެ ޕްރޮގްރާމް ހިންގާފައިވަނީ އެރަށުގައި އުޅޭ ބިދޭސީން ހޭލުންތެރިކޮށް، ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް މައުލޫމާތު ދިނުމުގެ ގޮތުންނެވެ.

އޮގަސްޓް 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ބިދޭސީންނާއި ގުޅުންހުރި މައްސަލަތަކާއި އެފަދަ މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކުރުމާއި މަސައްކަތުގެ މާހައުލުގައި ބިދޭސީންނަށް ދިމާވާ ކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާ ކޮށްފައެވެ.

އަދި މުޖުތަމައުގެ ތެރޭގައި އުޅޭއިރު ބިދޭސީންގެ ފަރާތުން ކުރިމަތިވާ ޖިނާއީ ކުށްތަކާ، އެކުށްތަކުން ދުރުހެލިވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި ބިދޭސީންގެ ދަފްތަރު އެކުލަވާލުމަށްޓަކައި ބިދޭސީންނާ ގުޅޭ މައުލޫމާތު ހޯދާފައިވެއއެވެ. 

Advertisement

ކޮމެންޓް