19 Aug 2019 | 12:44
ހިކެން ބޭނުން ވަންޏާ ކާންވީ ކޯޗެއް؟

ބަރުދަން ލުއި ކުރަން ބޭނުންވާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއް ނޫނެވެ. ހިކެން ބޭނުންވިޔަސް، ގިނަ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފަލަވާ ޒާތުގެ އެއްޗެހި ކާހިތްވުމެވެ.

އެގޮތުން ޗޮކުލެޓު ފަދަ އެއްޗެހި ގިނައިން ކާހިތްވުމަކީ ބަރުދަން ލުއިކުރަން ހުރަސް އަޅާ ކަމެކެެވެ. މި ލިޔުމުގައި މި ބަލާލަނީ ހިކެން ބޭނުންވާނަމަ ކާންޖެހޭނެ ބައެއް އެއްޗެއްސަށެވެ.

އާފަލު: އާފަލަކީ މީރު، އެހާމެ ފައިދާ ހުރި މޭވާއެކެވެ. މިއީ ބަރުދަން އެއްވަރެއްގގައި ހިފަހައްޓަން އެހީވެސް ވެދޭ މޭވާއެކެވެ. ހާއްސަކޮށް ފެހި އާފަލަކީ ބަރުދަން ލުއި ކުރުމަށް ބޮޑު އެހީއެކެެވެ.

ގްރީން ޓީ: ގްރީން ޓީ އަކީ ކެލަރީތައް އަންދަން އެހީވާ މާއްދާތައް އެކުލެވޭ ބުއިމެކެވެ. ހިކެން ބޭނުންވާނަމަ ކޮންމެ ދުވަހަކުވެސް ގްރީން ޓީ ބުއިމަށް ތަޖުރިބާކާރުން ލަފާދެއެެވެ.

އާމަންޑްސް: އާމަންޑްސްގައި ޕްރޮޓީން އަދި ފައިބަރ ހިމެނެއެވެ. މިއީ ހިކެން އެހީވާ ދެމާއްދާއެވެ. ހަށިގަނޑު ބަރުހެލި ކުރުވާ ފަދަ ކާއެއްޗެހީގެ ބަދަލުގައި އާމަންޑްސްކޮޅެއް ކާލުމުން، ހިކެން އެހީތެރިވެދެއެވެ.

ބިސް: ކުކުޅު ބިހުގެ ހުދު ބަޔަކީ ފަލަވެދާނެތީ ބިރުގަންނަ މީހުންގެ އިތުރުން ހިކެނން ބޭނުންވާ މީހުން ކެއުމަށްވެސް ވަރަަށް ރަނގަޅު އެއްޗެއް ކަމަށް ސިއްހީ މާހިރުން ބުނެއެެވެ. ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާއަށް ބިސް ކާން އާދަ ކުރާށެވެ.

ރޭގަނޑު ހަތެއްގެ ފަހުން ލޮނު މަދުން ބޭނުންކުރުން: މިއީ ވަރަށް މުހިންމު ކަމެއް ކަަމަށް ތަޖުރިބާކާރުން ބުނެއެވެ. ރޭގަނޑު ސޯޑިއަމް ގިނައިން ބޭނުން ކުރުމުން ޕްރެޝަރު މައްޗަށް ދާ ގޮތްވެއެވެ. އެއީ ބަރުދަން ލުއިކުރަން ހުރަސް އެޅޭ ކަމެކެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް