ކަޝްމީރު: ހަމަނުޖެހުންތަކާއެކުވެސް މުވައްޒަފުން މަސައްކަތަށް ނުކުންނަން އަންގައިފި

19 Aug 2019 | 11:52

ކަޝްމީރަށް ދީފައިވާ ހާއްސަ ހައިސިއްޔަތު އަތުލަން އިންޑިއާ ސަރުކާރުން އޯގަސްޓްމަހުގެ ކުރީކޮޅުގައި ނިންމި ނިންމުމަށްފަހު އެސްޓޭޓްގައި ބޮޑެތި ހަމަނުޖެހުންތައް ހިނގަމުން ދަނިކޮށް ކަޝްމީރުގައި އުޅޭ ސަރުކާރު މުވައްޒަފުން މަސައްކަތަށް ނުކުންނަށް އިންޑިއާއިން އަންގައިފިއެވެ.

ކަޝްމީރަށް އިންޑިއާ ސިފައިން ގަދަ ބާރުން އަރައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެތައް ބަޔަކަށް އަންނަނީ ހޮސްޕިޓަލުތަކުގައިވެސް ފަރުވާ ދެމުންނެވެ. ކަޝްމީރުގެ އާންމު ރައްޔިތުންނާ ދެކޮޅަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ވަނީ ކަރުނަ ގޭހާ މިރުސް ދުންވެސް ބޭނުންކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކަޝްމީރުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ނޭވާލާން އުނދަގޫ ވެެގެން ހޮސްޕިޓަަލަށް ގެންގޮސް އެޑްމިޓް ކުރި އުމުރުން 65 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. ހަމަނުޖެހުންތަކާ ގުޅިގެން ކަޝްމީރުގެ ޗީފް ސެކްރެޓަރީ ހުކުރު ދުވަހު ވަނީ އެސްޓޭޓްގައި ކާފިޔުވެސް އިއުލާނުކޮށްފައެވެ. ކަޝްމީރުގެ ޗީފް ސެކްރެޓަރީ ބީވީއާރް ސުބްރަމާނިއަން ވިދާޅުވީ، ކާފިޔު އާއެކު، ދުވަސްކޮޅެއް ފަހުން ކަޝްމީރުގެ ކަންކަން ހަމައަކަށް އެޅިގެންދާނެ ކަަމަށް އުުއްމީދު ކކުރައްވާ ކަމަށެވެ.

ކަޝްމީރުގެ ހަމަނުޖެހުންތައް ހަމައަކަށް އަޅުވަން އިންޑިއާއިން މަސައްކަތް ކުރަމުން އަންނައިރު، ހޯމަ ދުވަހު ސްރިނާގަރްގެ 190 ސްކޫލެއް އަލުން ހުޅިުވަން ވަނީ ނިިންމާފައެވެ. ސްރިނާގަރުގައި ކުރަމުން އަންނަ މުޒާހަރާތަކާ ގުޅިގެން ބައެއް ފިހާރަތައްވެސް ވަނީ ބަންދުކޮށްފައެވެ.

Advertisement

ކޮމެންޓް

Advertisement