ބޭރުގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވައްދަން ކުރާ މަސައްކަތަކީ ޖަރީމާއެއް: ޝިޔާމް

20 Aug 2019 | 11:14

ބޭރުގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވައްދަން ސަރުކާރުން މަސައްކަތް ކުރރާ ކަމަށާ، އެއީ ބޮޑު ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަސްވެރިކަމުގެ ބިލަށް މިރޭ ބަހުސް ކުރައްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިނާއަތް ކަމަށާ، އެ ސިނާއަތް ހަލާކުކޮށްލަން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ބޭރުގެ ބޯޓުތަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ފުރުސަތު ދޭން އުޅޭއިރު، ރާއްޖެއަށް އެތެރެވެ، ބޭރުވާ ބޯޓު ފަހަރު ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ރާއްޖޭގައި ގާއިމްވެފައިނެތްކަން ގަބޫލު ކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ބޭރުގެ މަސް ބޯޓުތަކަށް ރާއްޖެއައިސް މަސް ގަތުމުގެ ފުރުސަތު ދިނުމަށްވުރެ މާ މުހިންމު ކަންކަން އެބަހުރި ކަމަށެވެ.

"މިފްކޯގެ ކެޕޭސިޓީ އިތުރު ކުރަންވީ ނޫންތޯއޭ އަޅުގަނޑުމެން މި ދަންނަވަނީ. މަސްވެރިން މަސްކޮޅު ކިރާލީމައި، ލާރިކޮޅު ލިބޭނެ ގޮތް ހަދައިދޭންވީ ނޫންތޯއޭ އަޅުގަނޑުމެން މި ދަންނަވަނީ" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މަސްވެރިންނަށް އަޅާލާ، މަސްވެރިންގެ ހަގީގީ މައްސަލަތަކަކީ ކޮބައިތޯ ބެލުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

ޝިޔާމް ވިދާޅުވީ ވިދާ

Advertisement

ކޮމެންޓް