ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދޭން ބިރުދެއްކި: ލުތުފީ

22 Aug 2019 | 15:06

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލިފައިވާ މަނީ ލޯންޑްރިންގްގެ ދައުވާގައި ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި ހެކިބަަސް ދިނުމަށް ބިރުދެެއްކިކަމަށް އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ލުތުފީ މިހެން ވިދާޅުވީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެބޭފުޅާ ވިދާޅުވީ ފުރާނައަށް ނުރައްކާ ވެދާނެކަމަށް ގަބޫލުކުރެވޭތީއާއި، ކިތަންމެ މަޖުބޫރެއްކޮށް އިންޒާރުދިނަސް އެއްވެސް ފަރާތަކާއި ދެކޮޅަށް ދޮގުހެކިބަސް ދޭން ބޭނުން ނުވާ ކަަމަށެވެ.

އެހެންކަމުން ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް އުފުލާފައިވާ ދައުވާގައި އަދުލުވެރި ހެކިބަހެއް އަދާކުރުމުގެ ފުރުސަތު ނެތުމުންނާާއި އެފަދަ ހެކިބަހެއް ދޭނެ މާހައުލެއް ނެތުމުން މައްސަލައިގެ ހެކިބަސް ދިނުމުން ތަނާޒުލުވާން ނިންމިކަމަށް ލުތުފީ ވަނީ ވިދާޅުވެފައެވެ.

ލުތުފީ މި ޕޯސްޓްގައި ވަނީ އޭނާގެ ފުރާނައަށް ނުރައްކާ އޮތްކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒް ރަޝީދު ކޯޓުގައި ދެއްކި ވާހަކަތައް ދޮގުކުރައްވާފައެވެ.

Advertisement

ކޮމެންޓް

Advertisement