23 Aug 2019 | 07:57
''ޕޮގްބާ، ސަންޗޭޒް، އަދި ލުކާކޫއަކީ ގުރުބާންކުރަން ގެންގުޅުނު ބަކަރިތަކެއް"

ޕޮގްބާ، ސަންޗޭޒް، އަދި ލުކާކޫއަކީ މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން ނެރުނު ދަށް ނަތީޖާ އަދި ދެއްކި ދަށް ކުޅުމުގެ ނިވާފަތްގަނޑަކަށް ހަދަން ގުރުބާންކުރަން ގެންގުޅު ބަކަރިތަކެއް ކަމުގައި އެ ކްލަބް ދޫކޮށް އިންޓަ މިލާންއަށް ބަދަލުވެފައިވާ ބެލްޖިއަމްއަށް ނިސްބަތްވާ ފޯވަޑް ލުކާކޫ ބުނެފިއެވެ.

73 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް އިންޓައައި ގުޅުނު ތަރި ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި އިތުރަށް ބުނި ގޮތުގައި، ރަނގަޅު ނޫން ނަތީޖާއެއް ޔުނައިޓެޑުން ނެރޭ ކޮންމެ ފަހަރަކު ހުރިހާ އެންމެންގެ ފާޑު ކިޔުންތައް އަބަަދުވެސް އަމާޒުވަނީ ވަކި ކުޅުންތެރިންތަކަކަށް ކަމަށައި އެއީ އޭނާއައި، ޕޮގްބާ، އަދި ސަންޗޭޒް ކަމަށެވެ.

އޭނާ ހިމަނައިގެން ކިޔަމުން ގެންދިޔަ ފާޑުކިޔުންތަށް އަޑު އަހާފަ އޭރުވެސް، މިހާރުވެސް ހިނި އަންނަ ކަމަށައި، ސަބަބަކީ ގައުމީ ޓީމާއެކު އޭނާގެ ކުޅުން ރަނގަޅުކަން އެންމެންވެސް ފާހަގަކުރާތީ ކަމަށްވެސް ލުކާކޫ ބުންޏެވެ. އެހެންކަމުން ނިމިދިޔަ ސީޒަނުގައި ޔުނައިޓެޑުން ދެއްކި ދަށް ކުޅުމައި ނެރުނު ދަށް ނަތީޖާތަކަށް އޭނާ ޒިންމާވާން ޖެހޭތޯއާމެދުވެސް ލުކާކޫ ވަނީ ސުވަާލު އުފައްދާފައެވެ.

ނިމިދިޔަ ސީޒަނުގެ ޗެންޕިއަންސް ލީގުގައި ޕީއެސްޖީއައި ދެކޮޅަށް ކާމިޔާބުކުރި ގޯލަށްފަހު ގޯލެއް ނުޖެހި ލުކާކޫވަނީ އަށް މެޗް ކުޅެފައެވެ. ނަމަވެސް ޔޫރޯ 2020 އަށް ކޮލިފައިވާން ކުޅުނު މެޗުތަކުގައި ލުކާކޫ ވަނީ މޮޅު ކުޅުމެއް ދައްކާ ގޯލުތަކެއްވެސް ބެލްޖިއަމްއަށް ކާމިޔާބު ކޮށްދީފައެވެ.

އޭނާއައި މެދު މީޑިއާ އަދި ސަޕޯޓަރުންގެ މެދުގައި ގިނަ ވާހަކަތަކެއް ދެކެވުނު ކަމަށައި ނަމަވެސް ޔުނައިޓެޑުން އޭނާގެ ދިފާއުގައި އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށްވެސް ލުކާކޫ ފާހަގަކޮށްފައިވެއެވެ. އެގޮތުން ލުކާކޫ ފަލަވެ ބަރުހެލިވެފައިވާ ކަމުގެ ހަބަރުތަކައި އަޑުތައް އެއީ އޭރު މީޑިއާ އަދި ސަޕޯޓަރުންގެ މެދުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައެވެ. 75 މިލިއަން ޕައުންޑަށް އެވަޓަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ލުކާކޫ، ހިތްހަމަ ނުޖެހުންތަކަކާއެކު ޔުނައިޓެޑް ދޫކޮށްލި ސަބަބުތަކުގެ ތެރޭގައި އެއީ އެއް ސަބަބުކަން ދޭހަވާ ފަދަ ގޮތަކަށްވެސް އޭނާވަނީ ވާހަކަ ދައްކާފައެވެ.

ލުކާކޫގެ ވާހަކަތައް މިހެން ހުރިއިރު މިދިޔަ ސީޒަނުގައި އޭނާ އަދި ސަންޗޭޒްގެ ފަރާތުން މަދު މެޗެއްގައި މެނުވީ އެދެވޭ ކުޅުމެއް ފެނިފަ ނުވާކަން ގިނަބަޔަކު ފާހަގަކުރެއެވެ. މެނޭޖަރުކަމުން މޮރީނިއޯ ދުރުކުރަމަށް ފަހު ޝޯލްޝާއައި ޔުނައިޓެޑް ހަވާލުކޮށްގެން ކުޅުނު ފުރަތަމަ މަދު މެޗުތަކެއް ފިޔަފާ މުޅި ސީޒަނުގައިވެސް ޕޮގްބާގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެއްކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.