ނޭމާގެ ކުރިމަގާމެދު ސުވާލު އުފެދިފަ އޮތް ދަނޑިވަޅުގަ އެމްބާޕޭއަށައި ކަވާނީއަށް އަނިޔާވެއްޖެ

27 Aug 2019 | 16:41

ފްރާންސް ލީގުގައި ޓޮލޫސޭ އަތުން 4-0 ކުން މޮޅުވި މެޗުގައި ޕީއެސްޖީގެ މުހިންމު ދެ ކުޅުންތެރިން ކަމުގައިވާ އެމްބާޕޭ އަދި ކަވާނީއަށް އަނިޔާވެއްޖެއެވެ.

ލިބުނު އަނިޔާއަކައި ގުޅިގެން މެޗުގެ ވަރަށް ކުރީކޮޅު ކަވާނީ ދަނޑުން ބާލަން ޖެހުނުއިރު އެމްބާޕޭއަށް އަނިޔާވެ ކުޅުމާ ދުރުވާން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާހުރެ މެޗުގެ ދެވަނަ ހާފުގައެވެ.

ޓޮލޫސޭގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވައިން ގޯލުގެ އިތުރުން ޕީއެސްޖީގެ ފަރާތުން ފެނުނު ގޯލުތައް ކާމިޔާބު ކޮށްދިނީ ޗޮޕޫ މޯޓިންގް އަދި މާކީނިއޯސްއެވެ. ޗޮޕޫ މޯޓިންގް ވަނީ މި މެޗުގައި ދެ ގޯލް ޖަހާފައެވެ.

ތިން ޕޮއިންޓާއެކު ތާވަލުގެ ތިންވަނަ އަށް ޕީއެސްޖީ ކުރިއަށް ޖެހިލި މި މެޗުގައިވެސް ނޭމާ ފެނިގެން ގޮސްފައެއް ނުވެއެވެ. ޕީއެސްޖީގައި އޭނާގެ ކުރިމަގާ މެދު ސުވާލު އުފެދިފައިވާއިރު، އެމްބާޕޭ އަދި ކަވާނީ އަށް ލިބުނު އަނިޔާތަކާ ގުޅިގެން އެކުޅުންތެރިންނަށް ކުރިއަށް އޮތް މެޗުގައި ނުކުޅެވިދާނެ ކަމުގެ ބިރު އޮތްއިރު، ނޭމާގެ ބޭނުން ޕީއެސްޖީ ހިފާނެކަމާމެދު ސުވާލުއުފެދެއެވެ. 

Advertisement

ކޮމެންޓް