ނިހާން ޕީއެންސީން ވަކިވެ، ސަރުކާރު ކޯލިޝަނަށް މިސްރާބް ޖަހައިފި

26 Aug 2019 | 16:58

ރައީސް ޔާމީން ސަރުކާރުގެ ނުފޫޒު ގަދަ އަދި ނިމިދިޔަ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ޕީއެންސީން ވަކިވެއްޖެއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާޓީގެ ނައިބު ރައީސް ކަމުންނާއި ޕާޓީގެ މެންބަރުކަމުން ވެސް އޭނާ މިއަދު ވަކިވެ ވަޑައިގެންފައިވާ ކަމަށެވެ.

ނިހާން ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދި ޕީއެންސީން ވަކިވެފައިވާ އިރު ސަރުކާރުގެ ކޯލިޝަން ޕާޓީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރަން ހަމަޖެހިފައިވާ ވާކަމަށް އަޑު ދަނީ ފެތުރެމުންނެވެ. މިކަން ވަނީ ޕީއެންސީގެ އޮފިޝަލުން "ވޮއިސް"އަށް ކަށަވަރުކޮށްދީފައެވެ.

ނިހާން ޕާޓީން ވަކިވެފައި މިވަނީ މިރޭ ޖުމްހޫރީ ޕާޓީއަށް ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުން ގުޅިވަޑައިގަންނަވާނެކަން އިއުލާންކުރައްވާފައި ވަނިކޮށްކަން ފާހަގަކޮށްލަންޖެހެއެވެ.

Advertisement

ކޮމެންޓް