07 Sep 2019 | 20:37
ނާކާމިޔާބީން ޖައްވީ ރޭހުގައި އިންޑިޔާ ފަހަތަށް ނުޖެހޭނެ: އިސްރޯ

ރޭ ދަންވަރުގެ ވަގުތެއްގައި އިންޑިޔާއިން ހަނދުގެ ދިރާސާތަކެއް ކުރުމަށް ފޮނުވި ޗަންދްރަޔާން2 ގެ ލޭންޑަރ ވިކްރަމްއާއި ގުޅުން ކެނޑުމުން އިންޑިޔާގެ ޖައްވީ މަސައްކަތްތަކަށް ބުރޫނާރާނެކަމަށް އެގައުމުގެ ޖައްވީ އިދާރާއިން ބުނެފިއެވެ.

އިންޑިޔަން ސްފޭސް ރިސާރޗް އޯގަނައިޒޭޝަން ނުވަތަ އިސްރޯގެ އިސްވެރިއެއްކަމުގައިވާ ޕީޖީ ދިވާކަރް ވިދާޅުވީ ވިކްރަމްއާއި ގުޅުން ކެނޑުނަސް އިންޑިޔާގެ ކުރިއަށް އޮތް ޖައްވީ މަަސައްކަތްތަކަށް އެއްވެސް ބުރުލެއް ނާރާނެކަމަށެވެ. އެގޮތުން އަންނަ އަހަރުގައި އިންޑިޔާއިން އިރަށް އުޅަނދެއް ފޮނުވުމުގެ މަސައްކަތް ކުރާކަން ދިވާކަރް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ގަގަންޔާންގެ ނަމުގައި 2022ވަނަ އަހަރު ޖައްވަށް ތިން އިންސާނުން ފޮނުވުމަށްވެސް އިސްރޯއިން ދަނީ ތައްޔާރުވަމުންނެވެ.

ވިކްރަމް ލޭންޑަރާއި ގުޅުން ކެނޑިފައިވަނީ ހަނދުގެ ސަތަަހައާއި 2.4 ކިލޯމީޓަރު ދުރުންނެވެ. މި ލޭންޑަރާއި ގުޅުން ކެނޑުނު ސަބަބު ހޯދުމަށް އިސްރޯގެ ސައިންޓިސްޓުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިސްރޯއިން މައުލޫމާތު ދޭގޮތުގައި ވިކްރަމް ލޭންޑަރއާއި ގުޅުން ކެނޑުނަސް ޗަންދްރަޔާން 2 ގެ މިިޝަން ކުރިއަށްދާނެއެވެ. ސަބަބަކީ ހަނދުގެ ވަށައިގެން ދައުރުކުރަމުންދާ ސެޓެލައިޓުން ހަނދުގެ ފޮޓޯނަގައި ތަހުލީލު ކުރާނެތީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jul 2026
ވަރލްޑްކަޕް ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމަކަށް މޮރޯކޯ
ދެ ޓީމުންގޯލަށް އަމާޒުކުރި ހަމަލާތަކަށްވުރެ މިމެޗްގައި ގިނައިން ފެނިގެންދިޔައީ ރީނދޫކާޑު ތަކެވެ
04 Jul 2026
ހަމަދު ސްކޫލްގެ ހިދުމަތްތެރި ޓީޗަރު، ސަތީޝްގެ ކުއްލި މަރު: ސްކޫލާއި ދަރިވަރުންނަށް ބޮޑު ހިތާމައެއް
ސަތީޝް އަކީ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ބެލެނިވެރިންނާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ޓީޗަރެކެވެ
04 Jul 2026
އަލީބާބާ އިން އެމެރިކާއަށް 600 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ދައްކަނީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ޗައިނާގެ އީ-ކޮމާސް ކުންފުނި އަލީބާބާ ގްރޫޕް އަދި އެ ކުންފުނީގެ ޕޭމަންޓް ޕްރޮސެސާ ކަމަށްވާ އޭޔޫއެސް މާޗަންޓް ސާވިސަސް (އިން ޖުމްލަ 600 މިލިއަން އެމެރިކާ ޑޮލަރު ދެއްކުމަށް ވަނީ އެއްބަސްވެފައެވެ
04 Jul 2026
ޕީއެންސީ އެތެރޭގެ އިންތިހާބު: 2500 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރޭ
ވޯޓާސް ލިސްޓް މިއަދު އާއްމުކުރުމަށް ވަނީ ނިންމާފައި
04 Jul 2026
ކޯޗް ސުޒެއިންގެ 40 އަހަރުގެ ކުޅިވަރު ކެރިއަރުގައި އެންމެ އުފާވެރި ރޭ
"ކުޅިވަރުގެ ދާއިރާގައި ހޭދަވި ސާޅީސް އަހަރުތެރޭ އެންމެ އުފާވި ފިޔަވަޅު މަތީގައި އަޅުގަނޑު މި ހުރީ," ސުޒެއިން ވިދާޅުވި އެވެ.
04 Jul 2026
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން ރޭވި ބައެއްގެ މައްސަލަ ފުލުހުން ބަލަނީ
އޮޕަރޭޝަނުގައި ބަލާފާސްކޮށް އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައި
04 Jul 2026
ހުޅުމާލެ ކައިރީ މިރޭ ހަވާއަރުވަނީ
ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭގެ 22:00 ގަ އެވެ.
04 Jul 2026
ސްޓެލްކޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު ބިލިއަނަކާ ގާތުގައި
ސްޓެލްކޯގެ މާލީބަޔާނަށް ބަލާއިރު ލިބެންޖެހޭ ފައިސާ ނުލިބިގެން ލިބުނު ގެއްލުމުގެ ގޮތުގައި 161.2 މިލިއަން ރުފިޔާ ޕްރޮވިޝަން ހަދާފައި އެބައޮތެވެ